ލ. ގަން ތުނޑިއާ ދިމާލުން، ރޯވެ އަޑިއަށް ދިޔަ ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މިއަދު މެންދުރު ފަހު ރޯވި އެ ދޯނި، އަޑިއަށް ދިޔައިރު، އެ ދޯނީގައި 10 މީހަކު ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި، ނުވަ ބިދޭސީއެކެވެ. އޭގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔައީ ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެ ދޯނިން ދަތުރު ކުރި ބިދޭސީއަކު ގެއްލިގެން އޭނަ ހޯދުމުގެ މަސައްކަތް ސިފައިން ފެށީ މިއަދު 3:00 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީ ގެއްލުނު ބިދޭސީ މީހާ ޑައިވަރުންނަށް ފެނިގެން، ގަން ރީޖަނަލް ހޮސްޕިޓަލަށް އޭނާގެ ހަށިގަނޑު ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މީހާ ފެނުނީ 48 މީޓަރު އަޑީގައި އޮއްވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ ވިންދު ނަމަކަށް ކިޔާ ކާގޯ ދޯންޏެއްގައި ކަމަށެވެ. ދޯނީގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލު ކުރެވިފައިވާ ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން ދޯންޏަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު