ރައީސް ސޯލިހް ފޯނު ކޯލެއް ކުރައްވަނީ: އެމަނިކުފާނު މިއަދު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރަށް ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފަ
ރައީސް ސޯލިހް ފޯނު ކޯލެއް ކުރައްވަނީ: އެމަނިކުފާނު މިއަދު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރަށް ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފަ
ރައީސް އިބްރާހިމް މުހަންމަދު ސާލިހް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް ސާލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއާ ފޯނުން ގުޅުއްވައި، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން ދެގައުމުން އަޅަމުންގެންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ. އަދި އެއާއެކު، ދެގައުމުގެ ދެމެދުގައި މިހާރުވެސް އޮތް އެކުވެރި އަޚުވަންތަގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ޕާކިސްތާނުގެ ބޮޑުވަޒީރާއެކު މަޝްވަރާ ކުރެއްވި ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

މި ފޯންކޯލުގައި ޕާކިސްތާނުގެ ބޮޑުވަޒީރާއެކު އިތުރުކަމެއްގެ މަޝްވަރާއެއް ކުރެވުނު ކަމެއް ރައީސް ވިދާޅުވެފައެއްނުވެއެވެ.ރައީސް އިބްރާހިމް މުހަންމަދު ސާލިހް ޕާކިސްތާނުގެ ބޮޑުވަޒީރަށް ފޯނުން ގުޅުއްވައި ވާހަކަފުޅު މިދެއްކެވީ، ޖައްމޫ އާއި ކަޝްމީރުގެ ރައްޔިތުންގެ ހައްގުގައި ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް އިސްލާމީ ގައުމުތަކުންނާއި، އިސްލާމީ ގައުމުތައް ހިމެނޭ ޖަމްޢިއްޔާ، އޯއައިސީން ތާއީދުނުލިބޭތީ އެކަމާއިމެދު ޕާކިސްތާނުގެ އެތެރޭގައި ހިތްހަމަނުޖެހުންތައް ފާޅުކޮށް އެކަމުގެ ބަހުސްތައް ކުރެވެމުންދާ ވަގުތެއްގައި ކަން ފާހަގަކޮށްލެވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މިއަދުވަނީ، ކަޝްމީރުގެ މައްސަލާގައި ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކުގައި ކަޝްމީރުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި ދިނުމުގައި އދ. އިން އެ ޖަމާއަތުގެ ދައުރު އަދާކޮށްދިނުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން