ކ. ގިރިފުށީގައި ތިބި ސިފައިންތަކެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ލައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށަށް އަރާފޭބުމުން މިހާރު ވަނީ ވަގުތީގޮތުން މަނާކޮށްފައެވެ.
ގިރިފުއްޓަކީ ސިފައިން އަސްކަރީ ތަމްރީނު ހެދުމަށް ޚާއްސަ ރަށެކެވެ. އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ މިހާރު ސިފައިންގެ ޓްރެއިނިންގ ހަދަމުންދާ ބައެއްކަމަށާއި، މިހާރު ގިރިފުށީގައި ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ފަށާފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ކޯވިޑް-19އާއި ގުޅިގެން ފްރަންޓް ލައިންގައި ހަރަކާތްތެރިވަމުން އަންނަ ގިނަ ޢަދަދެއްގެ ޚިދުމަތްތެރިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ސިއްޙީ ޚިދުމަތްތެރިންނާއި ސިފައިންނާއި ފުލުހުން ޕޮޒިޓިވްވެފައިވާކަން ފާހަގަކުރެވެއެވެ.
ފަހަކަށް އައިސް މާލެ ފިޔަވައި ރާއްޖޭގެ އެހެނިހެން ރަށްރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަތޮޅު ތެރެއިން ޕޮޒިޓިވް ވާ އަދަދުތައް އިތުރުވާން ފެށީ ފުރަބަންދު ހޯމް ކަރަންޓީން އުސޫލަށް އަމަލު ކުރަން ފެށިފަހުންނެވެ.
މިހާތަނަށް ރާއްޖޭގެ 13 ރަށަކުން ކޯވިޑް-19 ފެނިފައިވާ ކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު 5000 ފަހަނަ އަޅާފައިވާއިރު، 19 މީހަކު ވަނީ މިބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު