ސިވިލް ސާވިސްގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހި ސިވިލް ސާވިސް ކޮންފަރެންސް 2024 އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ، ސަރުކާރު އޮފީސްތަކަށް ޚިދުމަތް ހޯދުމަށް އަންނަ ކޮންމެ ދިވެހި ރައްޔިތަކާއި ބިދޭސީއަކަށް ވެސް ހިނިތުންވުމާއި އޯގާތެރިކަމާއެކު ޚިދުމަތްދިނުމަށާއި ޓެކްނޮލޮޖީގެ އެހީގައި ހަލުވިކަމާއެކު އަވަސް ޚިދުމަތް ދިނުމަށް އެދިވަޑައިގެންފައެވެ.

ނައިބު ރައީސް ވިދާޅުވީ ސަރުކާރަކުން އަމާޒު ހިފާ ކަންކަން ކުރުމަށާއި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް މަސައްކަތްކުރާ އެއް ބަޔަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށެވެ.

އެހެންކަމުން ސަރުކާރެއް ހިންގުމަށް ސިވިލް ސާވިސް މުވައްޒަފުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށާއި ސިވިލް ސާވިސްގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރުކާރެއް ހިންގުމަށްޓަކައި ސިވިލް ސާވިސްގެ ބޭނުން ބޮޑުކަމަށާއި، ސިވިލް ސާވިސްގެ މުވައްޒަފުނަކީ ހިނިތުންވުމާއި އޯގާތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްދޭ ބަޔަކަށްވުމަކީ ކޮންމެހެން ބޭނުން ކަމެއްކަން ނައިބުރައީސް ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ދިވެހި ސިވިލް ސާވިސް ކޮންފަރެންސްގެ ފޮތް ނެރެދެއްވާފައެވެ. މިއަދު އިފްތިތާހުކުރި ސިވިލް ސާވިސް ކޮންފަރެންސަކީ މިގޮތަށް ބޭއްވޭ ހަތަރު ވަނަ ކޮންފަރެންސެވެ.


ކިޔުންތެރިންގެ ހިޔާލު


4

އާމިނަ

22-Jun-2024

މުވައްޒަފުނނަށް ލިބޭ މުސާރަ ބޮޑުކޮށްދެއްވާ އޭރުން ތިއެދިލައްވާ ކަނކަން ވާނެ



ޓްރެންޑިން