ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ އިރުއޮއްސި 6:18 ހާއިރު އެވެ. ރޯވެފައި ވަނީ ސީޕްލޭން ޓާމިނަލްގައި އޮތް ތެޔޮ ބައުޒަރެއްގައެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން އެއާޕޯޓްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ އެ ސަރަަހައްދަށް ގޮސް އަލިފާންގަނޑު ނިއްވާލާފައެވެ.



މިއަދު އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަން އެމްއޭސީއެލް އިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި އެ ހާދިސާގައި ކުންފުނީގެ މުވައްޒަފަކަށް އަނިޔާވެފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަޙުޤީޤު ކުރަމުން ދާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން