އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު
އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމީރު މިފަދައިން ވިދާޅުވީ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޒަމީރު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު، ޔޫނިއަން މިނިސްޓަރުގެ މަޤާމުގެ ހުވާ ކުރެއްވުމުން މަރުހަބާ ވިދާޅުވެފައެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، އިންޑިއާއާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުޢިއްޒާއި ޚާރިޖީ ވަޒީރު ޖައިޝަންކަރުގެ ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން