އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް ގެ ލެބޯޓްރީގައި މަސައްކަތް ކުރާ ދެ ޓެކްނީޝަނަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައިޖީއެމްއެޗް ލެބްގައި މަސައްކަތްކުރާ ދެ ޓެކްނީޝަނަކު ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެއާއެކު މިހާރު އައިޖީއެމްއެޗު ލެބްގެ ތިން ޓެކްނީޝަނުން މިވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

އިއްޔެ ޕޮޒިޓިވް ވި ދެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވެގެން ކަރަންޓީނަށް ގެންގޮސްފައި ވަނީ ކިތައް މީހުން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

އައިޖީއެމްއެޗްގެ ލެބްގައި މަސައްކަތް ކުރާ ތިން ޓެކްނީޝަނުން ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު، މީގެ ކުރިން އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ދެ ނަރުހަކު ވެސް ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ކޯވިޑް-19އާއި ގުޅިގެން ފްރަންޓް ލައިންގައި ހަރަކާތްތެރިވަމުން އަންނަ ގިނަ އަދަދެއްގެ ޚިދުމަތްތެރިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ސިއްޙީ ޚިދުމަތްތެރިންނާއި ސަލާމަތީ ޚިދުމަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތައް ހިމެނެއެވެ.

ފަހަކަށް އައިސް މާލެ ފިޔަވައި ރާއްޖޭގެ އެހެނިހެން ރަށްރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަތޮޅު ތެރެއިން ޕޮޒިޓިވް ވާ އަދަދުތައް އިތުރުވާން ފެށީ ފުރަބަންދު ހޯމް ކަރަންޓީން އުސޫލަށް އަމަލު ކުރަން ފެށިފަހުންނެވެ.

މިހާތަނަށް ރާއްޖޭގެ 13 ރަށަކުން ކޯވިޑް-19 ފެނިފައިވާ ކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު 5000 ފަހަނަ އަޅާފައިވާއިރު، 19 މީހަކު ވަނީ މިބަލި ޖެހިގެން މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން