މި އަހަރުގެ އަމީރުލް ހައްޖު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
މި އަހަރުގެ އަމީރުލް ހައްޖު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
ހުރިހާ ހައްޖާޖީންގެ ހާލު ވެސް ރަނގަޅު ކަމަށް މި އަހަރުގެ އަމީރުލް ހައްޖު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ ހުރިހާ ކަމެއް ހައްޖު ކޯޕަރޭޝަނާއި އިސްލާމިކް މިނިސްޓްރީން ވަރަށް ފުރިހަމައަށް އިންތިޒާމު ކޮށްފައިވާ ކަމަށެވެ.

މިފަހަކަށް އައިސް މިއީ އެންމެ ގިނަ ހައްޖުވެރިން ހައްޖަށް ވަޑައިގަންނަވާ ފަހަރު ކަމަށާއި ހައްޖުވެރިންގެ ހާލު ގާތުން ރައްޔިތުންނަށް އޮޅުންފިލުވައިދެމުން ގެންގޮސްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ހުރިހާ ކަމެއް ވެސް ތަރުތީބު ކުރެވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.

އެޑިއުކޭޝަން މިނިސްޓަރު އަމީރުލް ހައްޖުގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އަމީރުލް ހައްޖަށް ބޭފުޅެއް ހަމަޖައްސަވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ފަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން 1150 މީހުން ހައްޖަށްދިޔައެވެ. މިއީ 2015 އިގެ ފަހުން ރާއްޖެއިން އެންމެ ގިނަ މީހުން ހައްޖަށް ދާ ފަހަރުކަން މިނިސްޓަރު ޝަހީމް ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން