ކޯވިޑް-19: މިއަދުގެ އަދާހަމަ މައުލޫމާތު
ކޯވިޑް-19: މިއަދުގެ އަދާހަމަ މައުލޫމާތު
ރާއްޖެއިން މިއަދު އިތުރު 116 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ 31 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ 77 ދިވެހިންނާއި ބަނގްލަދޭޝްގެ 27 މީހަކާއި އިންޑިއާ 5 މީހުންނާއި ނޭޕާލް މީހަކާއި ސްރީލަންކާގެ 6 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މިއަދު ބަލިޖެހުނު 116 މީހުންނާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5157 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 31 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2835 އަށް އަރާފައެވެ.



މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2218 ގައެވެ. ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި މިހާތަނަށް 89555 ސާމްޕަލް ވަނީ ނަގާފައެވެ.

މިވަގުތު އައިސޮލޭޝަންގައި ތިބީ 1452 މީހުންނެވެ. ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 145 އަށް އަރާފައެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، މިހާރު މިބަލީގެ ނުރައްކާއޮތީ ޢުމުރުން ދުވަސްވީ މީހުންނަށް އެކަނި ނޫންކަމަށާއި، ޒުވާނުންނަށްވެސް ނުރައްކާ އެބައޮތް ކަމަށެވެ. އެގޮތުން މިހާރު ޕޮޒިޓިވްވާ ކޭސްތަކުން އެންމެ ގިނައީ 18 އަހަރާ 40 އަހަރާއި ދެމެދުގެ ޒުވާނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި 116 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވަނީ 111 މީހެކެވެ. އަތޮޅު ތަކުން ބައްޔަށް 05 މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެ އިން ކޯވިޑް-19 ޖެހިގެން 19 މީހަކު މިހާތަަނަށް ނިޔާވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން