ފުލުހުން އެކްސިޑެންޓް ސީން އެއްގައި ހަރަކާތްތެރިވަނީ
ފުލުހުން އެކްސިޑެންޓް ސީން އެއްގައި ހަރަކާތްތެރިވަނީ
މާލޭގައި ރޭ ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފުލުހަކާއި އާންމުންގެ މީހަކަށް އަނިޔާވެއްޖެއެވެ.



މިހާދިސާ ހިނގާފައިވަނީ ރޭ 11 ޖަހާއެހާކަންހާއިރު އަމީނީމަގު ފުލުހުންގެ ހޮސްޕިޓަލް ނޫސަންދަ ކައިރީގައެވެ. މަންޒަރު ދުށް މީހަކު "ރަސް އޮންލައިން" އަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓް ހިނގީ ފުލުހަކު ދުއްވި ސައިކަލަކާއި އާންމުންގެ މީހަކު ދުއްވި ސައިކަލެއް ޖެހިގެން ކަމަށެވެ.

މިހާދިސާގައި އަނިޔާވި ފުލުސް މީހާ އާއި އާންމުންގެ މީހާ ޕޮލިސް ވެހިކަލެއްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މަންޒަރު ދުށް މީހާ ރަސް އޮންލައިން އަށް މައުލޫމާތުދީފައިވެއެވެ. މި އެކްސިޑެންޓްގައި އަނިޔާ ލިބުނު ދެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލް ލިބޭގޮތެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ އިދާރާގެ ބަހެއް ވެސް އަދި ނުލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން