ސަޢުދީ އަރަބިއްޔާގައި ކިޔަވާ ދިވެހި ދަރިވަރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިގޮތަށް ހަމަޖެއްސުމާއި ގުޅިގެން މިއަހަރުގެ ޙައްޖުގެ ކަންކަމުގައި ރާއްޖޭގެ ޙައްޖު މިޝަނާއެކު ދިވެހި ދަރިވަރުންވެސް ޙައްޖުވެރިންގެ ހިދުމަތުގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދަރިވަރުންނަށް މި ފުރުސަތު ދިނުނަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ނިންމަވާފައެވެ.

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސައުދީގައި ކިޔަވާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

މި އަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ތެރެއިން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.

މި ފަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން 1150 މީހުން ހައްޖަށްދިޔައެވެ. މިއީ 2015 އިގެ ފަހުން ރާއްޖެއިން އެންމެ ގިނަ މީހުން ހައްޖަށް ދާ ފަހަރުކަން މިނިސްޓަރު ޝަހީމް ފާހަގަ ކުރެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން