އިންޑިޔާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ: އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ
އިންޑިޔާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ: އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ
އިންޑިޔާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ ކޮވިޑަށް ޕޮޒިޓިވްވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓްކުރާގޮތުން އުމުރުފުޅުން 84 އަހަރުގެ މުކަރުޖީއަށް ފަރުވާ ދެމުން ގެންދަނީ އިންޑިއާގެ އަސްކަރީ ހޮސްޕިޓަލެއްގައެވެ. މުކަރުޖީ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ހޯމަ ދުވަހު ހެނދުނު ސިކުނޑީގެ އޮޕަރޭޝަނެއް ކުރަން ހޮސްޕިޓަލަށް ވަޑައިގެންނެވުމުން އާއްމު އުސޫލުން ކުރި ކޮވިޑް-19 ޓެސްޓަކުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހޮސްޕިޓަލަށް ގެންދާ ހުރިހާ ބަލި މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރަން އިންޑިއާގެ އަސްކަރީ ހޮސްޕިޓަލްތަކުން ވަނީ ނިންމާފައެވެ. މުކަރުޖީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް ކުރިން ވެސް ހަމަޖެހިފައިވާ ގޮތައް އެމަނިކުފާނު ވަނީ ސިކުނޑީގެ އޮޕަރޭޝަން ކޮށްފައެވެ. އެ އޮޕަރޭޝަން ކާމިޔާބު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މުކަރުޖީގެ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ފާއިތުވި ހަފުތާގައި އޭނާ އާއި ބައްދަލުވި ހުރިހާ އެންމެން އެކަހެރިވެ، ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އެދިވަޑައި ގެންފައި ވެއެވެ. މުކަރުޖީ އިންޑިއާގެ ރައީސްކަން ކުރެއްވެވީ 2012 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރަށެވެ. ކޮވިޑް-19 ފެތުރެން ފެށިފަހުން މުކަރުޖީ އާއްމުންގެ ތެރެއަށް ނުކުމެ ވަޑައިގެން ނޫޅުއްވައެވެ.

މުކަރުޖީ ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ކަން ވެސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން