މިސަރުކާރު ވެރިކަމަށް އައީ މަސްވެރިންނަށް ދެދުވަސް ތެރޭ ފައިސާ ޖަމާކުރާނެކަމަށް ވައުދުވެގެން ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މަސްވެރިން މިއަދު ކުރިޔަށް ގެންދާ އިޙްތިޖާޖާ ގުޅިގެން ޝާހިދު ވަނީ މަސްވެރިން މިފްކޯއަށް ކިރުވި މަހަށް ދޭން ޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދިނުމަށް ގޮވާލައްވާފައެވެ.

ޝާހިދު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަސް ތެރޭ ފައިސާ ޖަމާ ކުރާނެކަމަށް ވައުދުވެގެން ކަމަށެވެ.

އަދި މި އަހަރު ކުރީކޮޅުވެސް މަސްވެރިންނަށް ދޭން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާތާ އެތައް މަހެއް ވެގެން މަސްވެރިން މުޒާހަރާ ކުރަން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ސަރުކާރުން ދެއްކިކަން މަސްވެރިން ހަނދާން އެބަހުރިކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މިވަގުތު އިތުރު އިންތިޚާބެއް ބޯމަތީގައި ނެތްނަމަވެސް މަސްވެރިން އަތުން ގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާއަކީ މަސްވެރިންގެ ހައްގަކަށްވާތީ ސަރުކާރުން އެ ހައްގު ވަގުތުން އަދާކުރަންޖެހޭ ކަމަށެވެ.

ޝާހިދު މިގޮތަށް ވިދާޅުވެފައިވާއިރު ލޭނު އެޅުން ސަރުކާރުން ހުއްދަ ކުރަން ކުރާ މަސައްކަތާ ދެކޮޅަށް ކަމަށް ބުނެ ސަރުކާރުގެ ވައުދާ އެއް ގޮތަށް މިފްކޯއިން ކަންނެލި ގަތުމަށް ޑިމާންޑުކޮށް، ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަނުން އިސްވެ މާލޭގެ ފަޅު ތެރޭގައި ދަނީ އިހުތިޖާޖް ކުރަމުންނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން