ޢީދު ބަންދުގައިވެސް އާސަންދަ ކައުންޓަރުތަކަށް އެޕްލިކޭޝަން ހުށައެޅޭނެ ކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.

އާސަންދަ ކުންފުނިން މިއަދު ބުނީ ޢީދު ބަންދުގައި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރުތައް ބަންދުވާނެ ކަމަށެވެ.

ނަމަވެސް ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ އެހެނިހެން ތަންތަނުގައި ޤާއިމު ކޮށްފައިވާ އާސަންދަ ކައުންޓަރުތަކަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އާސަންދަ މޮބައިލް އެޕާއި މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްވެސް ފަސޭހަކަމާއެކު ޚިދުމަތަށް އެޕްލައި ކުރެވޭނެ ކަމަށް އާސަންދަ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު އާސަންދަ ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އާސަންދަ ހޮޓްލައިން 1400 އަށް ކޮންމެ ގަޑިއަކުވެސް ގުޅޭނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ޢީދު ބަންދުގައިވެސް އާސަންދަ ކައުންޓަރުތަކުން ޚިދުމަތް ލިބޭނެކަމަށް އާސަންދަ ކުންފުނިން ބުނެފައިވާއިރު މިއަހަރު އާސަންދައިން ޚިދުމަތް ހޯދި މީހުންގެ ޢަދަދު 276،439 އަށް ވަނީ އަރާފައެވެ.

އެގޮތުން އާސަންދަ ސްކީމްގެ ދަށުން 1،599 ފަހަރަށް ބަލި މީހުން އިމަރޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ވަނީ ގެންގޮސްފައެވެ. އަދި ފަރުވާއަށް ރާއްޖެއިން ބޭރަށް 1،691 ބަލިމީހުން ވަނީ ފޮނުވާފައެވެ.

މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާސަންދައަށް 1.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން