ރ. މީދޫ ހޯމް ކަރަންޓީންގައި ހުރި އުމުރުން ދުވަސްވީ މީހަކު މިއަދު މަރުވެއްޖެ އެވެ.
މީދޫ ކައުންސިލުން ބުނީ އެމީހާ އަކީ ދިގުމުއްދަތަކަށް ބޭސް ފަރުވާ ކުރަމުން ދިޔަ މީހެއް ކަމަށެވެ. ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދިޔަ އެމީހާ ހޯމް ކަރަންޓީންގައި ހުރީ އިންޑިއާއަށް ބޭސް ފަރުވާ ގޮސް ރަށައް އައިސް ކަމަށް ކައުންސިލުން ބުނެ އެވެ.
އުމުރުން 72 އަހަރުގެ އެ އަންހެންމީހާ ނިޔާވެފައި ވަނީ ބޯ އަނބުރާތީ މީދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ. އެ އަންހެންމީހާ ނިޔާވިއިރު ކޮވިޑް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް ކައުންސިލުން ހާމަކުރެއެވެ. އެހެން ނަމަވެސް މިދުވަސްވަރު މަރުވާ މީހުން ކޮވިޑަށް ޓެސްޓް ކުރާތީ އޭނާ ވެސް ޓެސްޓް ކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު