ކުރީގެ ނާއިބްރައީސް އަބްދުﷲ ޖިހާދު
ކުރީގެ ނާއިބްރައީސް އަބްދުﷲ ޖިހާދު
ފިނޭންސް މިނިސްޓަރކަން ކުރައްވާފައިވާ ކުރީ ސަރުކާރުގެ ނައިބް ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު މިއަދު މަޖިލީހަށް ހާޒިރުކޮށްފައިވަނީ ހާޒިރު ކުރާ ސަބަބު ބަޔާންކޮށް އެންގުމެއް ނެތިކަމަށް އެބޭފުޅުން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަނީގެ ކަންކަން ސާފު ކުރުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަމިއްލަ ފުޅަށް ހުށަހަޅުއްވައިގެން އުޅުއްވާ މައްސަލައަކާއި ގުޅިގެން މިއަދު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެއްވުމުން ކުރީ ސަރުކާރުގެ ނައިބް ރައީސް އަބްދުﷲ ޖިހާދާއި، ކުރީގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ މަޖިލީހުން ފޮނުވާފައިވާ ސިޓީގައިވަނީ މަޝްވަރާއެއްގައި ބައިވެރިވުމަށްކަމަށެވެ.

އެއީ ކޮން މަޝްވަރާއެއް ކަމެއް، އަދި އެއީ ކޮންކަމަކާއި ގުޅޭ މައުލޫމާތެއް ހޯއްދެވުމަށްކަމެއް މަޖިލީހުން ވިދާޅުވެފައި ނުވާކަމަށް އެބޭފުޅުން ވިދާޅުވިއެވެ. މަޖިލީހުގައި ވަނީ ކުރީގެ ދައުރުގައި ހިނގައިދިޔަ މާލީ ގިނަ ކަންތައްތަކާއި ގުޅޭ ސުވާލުތަކެއް ކުރީގެ މިނިސްޓަރުންނާއި ކުރިމަތި ކުރުވާފައެވެ. އަދި ސުވާލުތަކަށް ވަރަށް ފަރިތަކަމާއިއެކު އެބޭފުޅުން ވަނީ ޖަވާބު ދެއްވާފައެވެ.

މިމައްސަލައިގައި މަޖިލިސް ރައީސް ވިދާޅުވީ މިނިސްޓަރުންގެ ތެރެއިން ޖިހާދު މަޖިލީހަށް ހާޒިރުކުރަންޖެހޭ ވަކި ސަބަބެއް ނެތްކަމަށެވެ. އަދި އެމަނިކުފާނު ހާޒިރުކުރުމަށް ދެންްނެވީ ދައުލަތުގެ ދަރަނީގެ ކަންކަން ހިނގާގޮތާއިމެދު ދެކެވަޑައިގަންނަވާ ގޮތެއް ސާފުކޮށްދެއްވުމަށް ކަމަށެވެ.

މިއަދު މުޅި މަޖިލިސް ކޮމިޓީގައި ލިިބިވަޑައިގެންނެވި ފުރުޞަތުގައި ޖިހާދު ވިދާޅުވީ އެމަނިކުފާނު މަޖިލިހަށް ވަޑައިގަތުމަށް މަޖިލިހުން ސިޓީއެއް ފޮނުވިއިރު މަޖިލިހަށް ހާޒިރުކުރަނީ ކީއްވެގެން ކަމެއް ބުނެފައި ނުވާ ކަމުގައެވެ. އެސިޓީގައި ހަމަައެކަނި ބުނެފައިވަނީ މަޖިލިހުގެ ޑިސްކަޝަނެއްގައި ނުވަތަ މަޝްވަރާއެއްގައި ބައިވެރިވުމަށް އައުމަށް ކަމުގައެވެ. އަދި މަޖިލިހުން ސުވާލެއްވެސް އެމަނިފާނަށް ފޮނުވާފައިނުވާ ކަމުގައިވެސް ޖިހާދު ވިދާޅުވިއެވެ.

ޖިހާދާއި މުނައްވަރު ހާޒިރުކުރައްވައިގެން މަޖިލިހުގެ ބައެއް މެންބަރުންވަނީ އެބޭފުޅުން ދިވެހި ދައުލަތް ޗައިނާގެ ދަރަނި ދަންތުރައެއްގައި ޖައްސުވާފައިވާ ކަމުގައި ތުހުމަތުކުރައްވާފައެވެ. މިމައްސަލާގައި ވާހަކަ ދައްވަމުން ކުރީގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ އެއްވެސް ލޯނެއް ސޮވެރިން ގެރެންޓީއެއް މާލިއްޔަތު ގާނޫނާއި، ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ނޫން ގޮތަކަށް އަދި އެޓާނީ ޖެނެރަލްގެ ލަފަޔާއި މަޖިލީހުގެ ރުހުމާއެކު ނޫނީ ނަގާފައި ނުވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


11

މުހައްމަދު

11-Aug-2020

ނަޝީދު ބަތް ކައްކާ ކުޅެނީ 🤣


5

ހާސިލްދޯނި ކައްޕި

11-Aug-2020

ނަޝީދު ރަނބަ ހަލަނ ވެގެން ކުރާކަމެއްމީ.



ޓްރެންޑިން