ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ މާލީ އިދާރާތަކުގެ އިތުބާރާއިމެދު ސުވާލު އުފައްދައި ކުރައްވަމުންދާ މަސައްކަތުން ކުރިއަށް އޮތް ތަނުގަައި ދުނިޔޭގެ މާލީ އިދާރާތަކުން ލޯނާއި އެހީ ލިބުމުގައި ގޮންޖެހުން ކުރިމަތިވާނެކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަންޏާއި ގުޅޭގޮތުންނާއި، ޚާއްސަކޮށް ފިނޭންސް މިނިސްޓްރީން ކުރައްވާ މަސައްކަތްތަކާއިމެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގެން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަތަކަށް ރައްދު ދެއްވަމުން މިހާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މީޑިޔާ ހެޑްލައިންތަކަކީ ލިބޭ ހިންހަމަޖެހުމެއްކަމަށް ދެކި ވާހަކަ ދެއްކުމަކީ ދައުލަތަށް ގެއްލުންވާނެ ކަންތައްތަކެއް ކަމަށެވެ.

ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދައުލަތުގެ ނަމުގައި ދީފައިވާ ގެރެންޓީތަކުގެ ކަންކަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރަނގަޅަށް މެނޭޖު ކޮށްފައި ނުވާ ކަމަށާއި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އެކަން ރަނގަޅަށް ކުރައްވަމުން ނުގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. ނަޝީދުގެ ނުރުހުން އަމީރަށް އިންތިހާއަށް އޮތްކަން މިއަދު ޖަލްސާގައި ނަޝީދު ދެއްކެވި ވާހަކަތަކުން އެނގިގެން ދިޔައެވެ. އަދި އަމީރު ދެއްވާ ޖަވާބުތައް މެދުކަނާލައްވައި، ވާހަކައިގެ ތެރެއަށް ވަދެވަޑައިގެން ރައީސް ނަޝީދު ވާހަކަ ދައްކަވާފައި ވާއިރު، އެތައް ފަހަރެއްގެ މަތީން އަމީރުގެ ވާހަކަ ހުއްޓުވާފައި ވެސް ވެއެވެ.

ރައީސް ނަޝީދުގެ މިވާހަކަތަކަށް އަމީރު ޖަވާބު ދެއްވާފައިވަނީ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ލިބުނު ހަނި ފުރުސަތުގައެވެ. އަމީރު ވިދާޅުވީ ދައުލަތުގެ މާލިއްޔަތާއި ގުޅޭގޮތުން ދައުލަތުގެ އިސްވެރިން ދައްކަވާ ވާހަތަކަކީ ދުނިޔޭގެ މާލީ އިދާރާތަކުން ވަރަށް ސީރިއަސް ގޮތަކަށް ނަގާނެ ވާހަކަތަކެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ދައުލަތުން ބޭނުންވާ ހިނދެއްގައި އެހީތެރިކަން ހޯދައި ލޯނުތައް ހޯދުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާނެކަމަށް އަމީރު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އެ ފުށުއެރުންތަކުގެ ސަބަބުން ދައުލަތުގެ ދަރަނީގެ އަދަދަކީ ސީދާ ކިހާވަރެއްކަން ސާފެއް ނުވެއެވެ. އެހެންކަމުން ޔާމީންގެ ސަރުކާރާއި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ވެސް އުސޫލާ އެއްގޮތަށް އަމަލު ނުކުރައްވާ ކަމަށް ރައީސް ނަޝީދު އިއްޔެ ތުހުމަތު ކުރައްވާފައިވެއެވެ.

މިއަދުގެ މުޅި މަޖިލިސް ކޮމިޓީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަައި ނަގާފައިވާ ލޯނުތަކާއި ގުޅޭގޮތުން ޚާއްސަކޮށް ޗައިނާއާއިއެކު ނަގާފައިވާ ލޯނުތަކުގެ ޖަވާބުގައި ކުރީގެ ނައިބްރައީސް އަދި ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ އެލޯނުތައް ނެގި ސަބަބާއި އެކަން ހިނގާފައިވާ ގޮތް އެނގެން ހުންނާނެ ކަމަށާއި އެއީ ސިއްރުން ކޮށްފައިވާ ކަމެއްނޫންކަމަށެވެ. އަދި މިހާރުގެ މަޖިލިސް މެމްްބަރުންނަށް މާލީ ކަންކަން ޚާއްސަކޮށް ބަޖެޓްގެ ކަންކަމާއި، ލޯނާއި، ދަރަނީގެ ކަންކަން އޮޅުން ފިލުވައި ދިނުމަށް ޚާއްސަ ސެޝަންތަކެއް ނަންގަވައިދެއްވަން ވެސް ތައްޔާރަށް ހުންނެވިކަމަށް ޖިހާދު ވިދާޅުވިއެވެ.

މިއަދު ގެ ކޮމިޓީ ނިންމަވާލައްވަމުންވެސް ރައީސް ނަޝީދު ވަނީ އަދިވެސް އެދިވަޑަައިގަންނަވާ މައުލޫމަތު ސާފުނުވާކަމަށާއި، އަދި ދައުލަތުގެ ދަރަނީގެ ކަންްކަން އޮތް ގޮތާއިމެދު ކަންބޮޑުވެ ވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފިނޭންސް މިނިސްޓަރ ވަނީ މިކަމުން އަރައިގަނެ ދައުލަތް ހަމަޔަކަށް އެޅުވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


14

އައްޑޫމީހާ

12-Aug-2020

މަށަށްވެސް ވެސް ފެނޭ އަންނި ނަފުސާނީ ޑޮކްޓަރަކަށް ދައްކާލަން ހަމަ ހުވާ ހަމަޔެއްނޫން ކައުންސިލިން ދިނީމާ ފަހަރެއްގަ ރަނގަޅުވެދާނެ ޑރ އައިޝަތު އަލީނާޒް އަށް ދައްކަން ބޭނުންވާ ހަރަދު ކުރަން މަ ވެސް މިހުރީ ތައްޔާރަށް


7

ޔޫސުފް

12-Aug-2020

ދައުލަތުގެޚަރަދު ގައި ނަމަވެސް މަޖިލީހުގެ ރައީސް ނަފުސާނީ މައްސަލަ އެއް ހުރިތޯ ޓެސްޓް ކުރާކަށް ނުވޭބާ?


11

ހަސަނު

11-Aug-2020

ނަޝީދު އެވަނީ ވެރިކަމަށް ސިކުވެފަ އޭނާ ރައްޔަތުން ނަށް ދައްކަނީ މުޅިން ދަޅަ


-5

ހުސްނީ

11-Aug-2020

ނަޝީދު އުޅެނީ މޮޔަވެގެން މިހާރު އޭނާ އަށް އިތުބާރު ކުރާބަޔަކު މިގައުމަކު ނޫޅޭ



ޓްރެންޑިން