ކޯވިޑް-19 އިިން ރާއްކާތެރިވެ ބަލި ކޮންޓްރޯލްކުރުމަށް ބިލިޔަނަކަށްވުރެ ގިނަ ފައިސާ ދައުލަތުން ޚަރަދުކުރިއިރު ނިސްބަތުން އެންމެބާރަށް ކޯވިޑް ފެތުރެނީ ދިވެހި ރާއްޖޭގައިކަމަށް ކުރީގެ ހައުންސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ކޯވިޑް-19 ގެ ހަރަދުތަކުގެ ތަފްސީލްތަކުގައިވާ ގޮތުން، މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް، ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތަށް ވަނީ ޖުމްލަ 1.114 ބިލިއަން ރުފިޔާ ހަރަދުވެފަ އެވެ. އެއީ، އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 1.4 އިންސައްތަ އިތުރު އަދަދެކެވެ. އަދި ޖުމްލަ ހަރަދުގެ 53.9 އިންސައްތަ އަކީ މިހާތަނަށް ފައިސާ ނުދައްކާ ހުރި ޕާޗޭސް އޯޑަރުތަކާއި އިންވޮއިސްތަކެއްކަމަށް ފިނޭންސްގެ ރިޕޯޓްގައިވެ އެވެ.
މި ތަފާސް ހިސާބުތަކަށް ނިސްބަތްކޮށް މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުންނާއި ރާއްޖޭގެ އާބަދީއާއި ހުރިހާކަމަކަށް ބަލާއިރު ރާއްޖެއަކީ މިބަލި ކޮންޓްރޯލްް ކުރުމަށް އެންމެ ފަސޭހަވާނެ އެއްގައުމުކަމަށެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން ފައިސާ ހަރަދުކުރުން ފިޔަވައި ވީއެއްވެސް ކަމެއް ފެންނަން ނެތްކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ޚަރަދު އެއް ބިލިއަނަށްވުރެ މައްޗަށް ދިޔައިރު އާބާދީގެ ނިސްބަތުން އެންމެ ބާރަށް ކޯވިޑް ފެތުރޭ އެއް ޤައުމަކީ ރާއްޖެ ކަމަށްވަނީ. ޖިއޯގްރަފިކަލީ ރާއްޖޭގެ ރަށްތައް ހުރި ގޮތާއި ޓުވަރިޒަމް ކޮންސެޕްޓަށް ބެލިނަމަވެސް އެންމެ ފަސޭހައިން ބަލި ކޮންޓްރޯލް ކުރެވޭނެ ޤައުމަކަށް ރާއްޖެވޭ." މުއިއްޒު ވިދާޅުވިއެވެ.
ކޯވިޑް19 އާއި ގުޅިގެން ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ވަނީ ދަށަށް ގޮސްފައެވެ. ޖޫންމަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދުތައް، 5 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާއިރު 1 ޖަނަވަރީ އިން ޖޫން މަހުގެ 25ގެ ނިޔަލަށް ދައުލަތުން ޚަރަދުކޮށްފައިވަނީ 11.6 ބިލިއަން ރުފިޔާއެވެ. އަދި މި މުއްދަތުގައި ދައުލަތަށް ލިބިފައިވާ ޖުމްލަ އާމްދަނީއަކީ 6.3 މިލިއަން ރުފިޔާއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. އެއީ ޚަރަދުކުރި މިންވަރުން ބަލާނަމަ 70 އިންސައްތައެވެ. އަދި އަނެއް 30 އިންސައްތަ ޚަރަދުކޮށްފައިވަނީ ކެޕިޓަލް ޚަރަދުތަކަށެވެ. ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ޚަރަދުކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި، އެލަވެންސްތަކާއި، ކޯވިޑް19ގެ އެކި ކަންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު