އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު
ރައީސް ޔާމީންގެ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ސޮވެރިން ގެރެންޓީ ދިނުމުގައި ގޯސްކޮށް އެއްވެސް ކަމެއް ހިނގާފައި އޮތް ކަމަކަށް މިހާތަނަށް ފެންނާން ނެތް ކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެ ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ މިހާތަނަށް ކުރެވިފައި ހުރި އެއްވެސް އޮޑިޓަކުން ގެރެންޓީތައް ދިނުމުގައި ގޯސްކޮށް އަމަލު ކޮށްފައި އޮތް ކަމަށް ފެންނަން ނެތް ކަމަށެވެ.

ޒިޔަތު ވިދާޅުވީ ފިނޭންސް މިނިސްޓްރީ އިން އޮޑިޓާ ޖެނެރަލް އޮފީހަށް ހިއްސާ ކުރާ ހިސާބުތަކުގެ މައްޗަށް ބަލާ ދައުލަތުން ދީފައިވާ ސޮވެރިން ގެރެންޓީތަކާއި އަދި އެ ގެރެންޓީތައް ދީފައިވާ ގޮތް ބަލާ އަހަރަކު އެއްފަހަރު އޮޑިޓް އޮފީހުން އޮޑިޓު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޒިޔަތު ވިދާޅުވީ ގެރެންޓީތަކުގެ ފައިނޭންޝަލް އޮޑިޓް ކުރިއަށް ގެންދާ ކަމަށެވެ.

އެއީ ފައިނޭންޝަން ސްޓޭޓްމަންޓް އޮޑިޓެއް ކަމަށާއި އޭގައި އޮޑިޓް އޮފީހުން ބަލަނީ ގެރެންޓީތައް ދީފައި ހުރީ ކިހިނެއްތޯއާ މާލިއްޔަތު ގާނޫނާއި މާލީ ޒިންމާ ނަގާފައި ހުރީ ގާނޫނާ އެއްގޮތަށްތޯ ކަމަށް ޒިޔަތު ވިދާޅުވިއެވެ. މިހާތަނަށް ބެލި ބެލުމުން "ރޯންގް ޑުއިން" އެއް ފެނިފައި ނުވާ ކަމަށް ޒިޔަތު ވަނީ ވިދާޅުވެފައެވެ. މިއަދުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތް ދަރަނިވެރިވާ މިންވަރު އޮޅުން ނުފިލާ ނުހުންނާނެ ކަމަށެވެ. ދަރަނީގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރިއަށް ދާނީ ރަނގަޅަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


10

ކެކެކެ

12-Aug-2020

ކަލޭ ތެޅުނު ވަރަކަށް ހުޅުނބު ދޫވެ އައުެަ ކަޝްފުވަނީ ދޯ ކަލޯ?



ޓްރެންޑިން