ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
އިންޑިއާ ފަސްޓް ޕޮލިސީ ނުވަތަ އިންޑިއާއަށް އިސްކަން ދޭ ސިޔާސަތެއް ރާއްޖެއިން ގެންގުޅުނު ނަމަވެސް ދުނިޔޭގެ އިޤުތިޞާދީ ބޮޑެތި ބާރުތަކުގެ ގޮތުގައި ހިމެނޭ ޗައިނާއާވެސް އަދި އެހެނިހެން ބާރުގަދަ ޤައުމުތަކާ އެކުވެސް އެއްހަމައެއްގައި ގުޅުން ބާއްވަން ޖެހޭނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ބައެއް މެމްބަރުން ކުރީ ސަރުކާރުން ތަރައްޤީގެ ކަންކަން ކުރުމަށް ޗައިނާއިން މާގިނަ ލޯނުތައް ނަގައި އެގައުމަށް ބޮޑު ދަރަންޏެެއް ދައްކަން އޮތްކަން ފާހަގަކޮށް ދެއްކި ވާހަތަކާއި ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވީ އިންޑިޔާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާކަމަށެވެ. ނަމަވެސް ދުނިޔޭގެ އެހެން ކުރިއަރާފައިވާ އިގުތިޞާދީ ބާރުގަދަ ޤައުމުތަކާއި ތަރައްޤީގައި ބޮޑެތި ކުރިއެރުން ހޯދާފައިވާ ޤައުމުތަކާއިވެސް ރާއްޖެއިން ގާތް ގުޅުމެެއް ބާއްވަން ޖެހޭނެ ކަމަށެވެ.

މިގޮތުން ޝަރީފް ވިދާވީ ދުނިޔޭގެ ކުރިއަރާފައިވާ ވަރުގަދައިޤްތިޞާދު ތަކުގެ ތެރޭގައި ހިމެނޭ ޗައިނާއާއި، އެމެރިކާއާއި، ސައުދީ އަރަބިއްޔާ، ޔޫއޭއީ، އަދި ޖަޕާންފަދަ ޤައުމުތަކާއި އެއްހަމައެއްގައި ގުޅުން ބާއްވަން ޖެހޭކަމަށެވެ. އަވަށްޓެރި ޤައުމުތަކާއި އޮންނަ ގުޅުމާއިއެކު ޤައުމުގެ ތަރައްްޤީއާއި ކުރިއެރުން އަންނާނޭ ގޮތަކަށް ޤައުމުތަކާއިއެކު ގުޅުން ގާއިމް ކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖެއަކީ އިޤްތިސާދީ ގޮތުން ފުދުންތެރިކަން ކުޑަ އެހެން ޤައުމުތަކަށް ބަރޯސާވާންޖެހޭ ޤައުމަކަށްވާއިރު، ރާއްޖޭގެ ތަރައްޤީގައި ބޮޑު ހިއްސާއެއްވާ ޗައިނާއާ އެކުގައި އޮތް ގުޅުންވެސް އިތުރަށް ބަދަހިކޮށް ދަމަހައްޓަން ޖެހޭކަމުގައި ޝަރީފް ވިދާޅުވިއެވެ. އަދި މިކަން މިގޮތަށް ވެއްޖެނަމަ ރާއްޖޭގެ ތަރައްްޤީއާއި ކުރިއެރުމަށްވެސް އިތުރު ކުރިއެރުންތަކެެއް ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ދައުލަތުގެ މިހާރުގެ މާލީ ވަޒީރާއި ކުރީ ސަރުކާރުގެ ދެ މާލީ ވަޒީރުން ހާޒިރުކޮށް ކުރެވުނު ސުވާލުތަކުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ޗައިނާއިން މާގިނަ ލޯނުތަކެެއް ނަގައި ޗައިނާއަށް ގައުމު ވިއްކާލާފައިވާފަދަ ގޮތަކަށް ސިފަކުރައްވައި ވާހަކަ ދައްކަވާފައެވެ. އަދި މިލޯނުތައް ނެގުމުގައި މާލިއްޔަތު ގަވާއިދާއި އެނޫން ގަވާއިދުތަކާއިވެސް ޚިލާފުވެފައިވާކަމަށް އެމެންބަރުން ވަނީ ތުހުމަތު ކޮށްފައެވެ.

މިވާހަކަތަކާއި ގުޅިގެން އޮޑިޓަރ ޖެނެރަލް ވިދާޅުވީ އޭރު ނަގާފައިވާ ހުރިހާ ލޯނެއްވެސް ނަގާފައިވަނީ ދައުލަތުން ނަގަންޖެހޭ ހުރިހާ ހުއްދައެއް ނަގައި ޤާނޫނާއި ގަވާއިދުގެ ތެރެއިންކަމަށެވެ. އަދި ލޯނުތައް ނެގުމުގައި އަމަލުކޮށްފައިވަނީ ޤާނޫނީ އިމުގެތެރެއިންކަމަށް އޮޑިޓާ ޖެނެރަލް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

އައްޑޫމީހާ

12-Aug-2020

ނަޝީދު ތިޔަކަން ވިޔަކަ ނުދޭނޭ ތި ބުނީ ރަނގަޅަށް ހަސަނު އަންނި ބޭނުންވަނީ ގެރި މޯދީ ގެ އުނގަށް އެރި އޮންނަން އިންޑިއާ އަކީ މި ގައުމުގެ ތަރައްގީ އަސް ހުރަސް އަޅާ ގައުމެއް


15

ހަސަނު

12-Aug-2020

އަންނި ގެ ބަލާޔާ ހުރެ ތިކަމެއް ނުވަނެ އެނާ އުޅެނީ ގެރިމޯދީ ގެ އުނގަށް އެރި އޮންނަން



ޓްރެންޑިން