އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިންތަކެއް މުޒާހަރާ ކުރަމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމީދޫ މިފްކޯ ބަނދަރުގައި 80 ވަރަކަށް މަސްވެރިން މުޒާހަރާކުރަމުންދާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އޭގެއިތުރުން މުޒާހަރާގެ ބައިވެރިންނަށް އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެނަމަ މަސްފެކްޓްރީގެ ހުރިހާ ސީނިއަރ މުވައްޒަފުން އެތަނުން ބޭރުކުރާނެ ކަމަށް އެމީހުންގެ ތެރެއިން ބަޔަކު ބުނެފައިވާ ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
ހަމައެއާއެކު މިފްކޯގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭނަމަ އެތަނުގެ ބަދިގޭގައި ކެއްކުމަށް ހުރަސްއަޅާނެ ކަމަށް އެމީހުން ބުނެފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ހުޅުމީދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގައި އިއްޔެ ވެސް މަސްވެރިންތަކެއް ވަނީ މުޒާހަރާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު