ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
އައްޑޫ މަސްވެެރިންނަށް ވަގުތުން ވަގުތަށް ފައިސާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ގޮވާލައްވައިފިއެވެ.

މައުރޫފް މިކަމަށް ގޮވާލައްވާފައިވާއިރު އައްޑޫ ހުޅުމީދޫގައި ހުންނަ މިފްކޯ މަސްފެކްޓްރީ ދޮށަށް އެއްވެ އައްޑޫ މަސްވެރީން ކުރަމުންދާ އިހުތިޖާޖުގައި މަސްފެކްޓްރީގެ އޮޕަރޭޝަނަށް ވަނީ ހުރަސްއެޅިފައެވެ.

އެކަމާ ގުޅިގެން މައުރޫފް ވިދާޅުވީ ސަރުކާރަށް މިވަގުތު އެންމެ މުހިއްމު ކަމަކަށް ވާންޖެހޭނީ މަސްވެރިންނާ މަޝްވަރާކޮށް ވަގުތުން ވަގުތަށް ފައިސާ ދިނުން ކަމަށެވެ. އަދި އެކަން ކުރުމުގައި ސަރުކާރުން ފަހަތަށް ޖެހިގެން ނުވާނެ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

“އައްޑޫ މަސްވެެރިންނަށް ވަގުތުން ވަގުތަށް ދޭންޖެހޭ ފައިސާދިނުމަށްވުރެ މުހިންމު ކަމެއް ސަރުކާރަށް އޮވެގެންނުވާނެ.” މައުރޫފް ވިދާޅުވިއެވެ.



އައްޑޫ މަސްވެރިންގެ އިޙްތިޖާޖުގައި ގޮވާލަމުންދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށެވެ.

އަދި މަސްވެރިކަމާ ބެހޭ ވަޒީރު އައްޑުއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކޮށް، މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމާ ހަމައަށް މުޒާހަރާ ކުރިޔަށް ގެންދާނޭ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ބުނަނީ މި މުޒާހަރާއަކީ އެމްޑީޕީގެ އެކްޓިވިސްޓުން ކުރީގައި ތިބެ ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތެއް ކަމަށެވެ. ކުރީ ސަރުކާރުން މަސްވެރިންނަށް މިލިއަނުން ނުދީ އޮތް ހުރިހާ ފައިސާއެއް ވެސް ދީ ނިންމީ މިސަރުކާރުން ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން