ކޯވިޑް-19 މިއަދުގެ އަދާހަމަ
ކޯވިޑް-19 މިއަދުގެ އަދާހަމަ
ރާއްޖެއިން މިއަދު އިތުރު 66 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ 14 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ 52 ދިވެހިންނާއި ބަނގްލަދޭޝްގެ 12 މީހަކާއި އިންޑިއާ 2 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މިއަދު ބަލިޖެހުނު 66 މީހުންނާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5223 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 14 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2849 އަށް އަރާފައެވެ.

މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2354 ގައެވެ. ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި މިހާތަނަށް 90704 ސާމްޕަލް ވަނީ ނަގާފައެވެ.

މިވަގުތު އައިސޮލޭޝަންގައި ތިބީ 1507 މީހުންނެވެ. ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 148 އަށް އަރާފައެވެ. އެޗްޕީއޭއިން ބުނީ 9 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 6 ފަތުރުވެރިންނާއި 10 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި 66 މީހުންވެސް ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. މިވަގުތު ކޮވިޑް ކޭސް ތަކެއް ފެނުމާއި ގުޅިގެން 12 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ރާއްޖެ އިން ކޯވިޑް-19 ޖެހިގެން 20 މީހަކު ވަނީ މިހާތަަނަށް ނިޔާވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން