ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްޔެ ސާބިތުކޮށްދެއްވީ އެނގުމާ ނޭނގުމުގެ ތަފާތު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ރޭ ވިދާޅުވެެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދަރަނީގެ ހިސާބުތައް ސާފުނުވާތީ އެ ކަން އޮޅުންފިލުވުމުގެ ގޮތުން އެމަނިކުފާނުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖިހާދާއި، އަހުމަދު މުނައްވަރާއި، މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
އެކަމަށް އިޝާރަތް ކުރައްވައި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ފިންނޭސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެއްކެވި ސާބިތު ކަމަށް އައްސަރިބަހާ ސާބަސް ރައްދު ކުރައްވާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ކަންކަން ކުރި ހަރުދަނާ ގޮތް ރައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުންނަށް އޮޅުންފިލާފައިވާ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެ ބޭފުޅުންގެ ވަފާތެރިން ހަދަމުން ގެންދާ ދޮގާއި އޮޅުވާލުންތައް ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެފައިވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ހަގީގަތުގައި މިއަދު މިވަނީ އެމްޑީޕީ ރަނގަޅަށް ބޮލާފޮށާ އެޅިފައި. އަދި ނަޝީދުގެ އަތަށް ގޮވާފައި،" މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ނިސްބަތްކުރައްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު އަދި ފަހުން ނާއިބް ރައީސްކަން ކުރެއްވި އަބްދުﷲ ޖިހާދު މަޖިލީހުގައި ވިދާޅުވީ ޗައިނާ އިން ލޯނު ނަގަނީ އެ ލޯނުތައް ދައްކަން ދިގު މުއްދަތެއް ލިބިފައި އިންޓްރެސްޓް ރޭޓް ކުޑަވުމުން ކަމަށެވެ. އެ މަނިކުފާނުގެ ފިނޭންސް މިނިސްޓަރު ކަމުގައި ޗައިނާ އިން ލޯނު ނަގަން ނިންމީ ދުނިޔޭގެ އެއްވެސް ތަނަކުން އެހާ ލުއިކޮށް ލޯނު ލިބެން ނެތުމުން ކަމަށް ޖިހާދު ވިދާޅުވިއެވެ.
ޖިހާދާއި މުނައްވަރު ހާޒިރުކުރައްވައިގެން މަޖިލިހުގެ ބައެއް މެންބަރުންވަނީ އެބޭފުޅުން ދިވެހި ދައުލަތް ޗައިނާގެ ދަރަނި ދަންތުރައެއްގައި ޖައްސުވާފައިވާ ކަމުގައި ތުހުމަތުކުރައްވާފައެވެ. މިމައްސަލާގައި ވާހަކަ ދައްވަމުން ކުރީގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ އެއްވެސް ލޯނެއް ސޮވެރިން ގެރެންޓީއެއް މާލިއްޔަތު ގާނޫނާއި، ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ނޫން ގޮތަކަށް އަދި އެޓާނީ ޖެނެރަލްގެ ލަފަޔާއި މަޖިލީހުގެ ރުހުމާއެކު ނޫނީ ނަގާފައި ނުވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު