ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު
ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު
ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރީ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތަކާއިމެދު މިސަރުކާރުން ސުވާލު އުފައްދާ ސަބަބެއް އެއްގޮތަކަށްވެސް ވިސްނި ވަޑައި ނުގަންނަވާކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތަރައްޤީއަށްޓަކައި ޗައިނާ ސަރުކާރުން ރައީސް ޔާމީންގެ ވެރިކަމުގައި ނަގާފައިވާ ލޯނުތަކުގެ ދަރަނީގެ މައުލޫމާތު ސާފު ކުރުމުގެ ނަމުގައި ކުރަމުންދާ މަސައްކަތަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޑރ.ޖަމީލް ވިދާޅުވީ ފެނިގެންދަނީ ވެރިކަން ކުރަން ނޭގި ގޮތް ހުސްވެގެން އުޅޭ މަންޒަރުކަމަށެވެ. މިސަރުކާރުންވެސް ގިނަ ގައުމުތަކުންނާއި ބޭރުގެ ގިނަ މާލީ އިދާރާތަކުން ލޯނުތައް ނަގާފައިވާއިރު، އެވާހަކަ ނުދައްކައި ވަކި ޤައުމެއްގެ ލޯނުތަކެއްގެ ވާހަކަ ދައްކައި ޚާރިޖީ ގުޅުމަށް ބުރޫއަރުވަން ކުރާ މަސައްކަތަކީ ވަރަށް ނާތަހުޒީބު ކަމެއްކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

"މިފެންނަނީ، މޮޅު ޕްލޭނެއް އޮތްކަމަށް ބުނެ ވެރިކަން ހޯދި އެމްޑިޕީއަށް ދައުލަތް ހިންގާނެ ގޮތް ނޭނގިގެން އުޅޭަތަން. ޗައިނާ ނޫން އެހެން ތަންތަނުން ހޯދާ ލޯނު ދަރަންޏަށް ނުވަނީބާ؟ ޗައިނާ ލޯނުތަކުގެ ފައިދާ ރައްޔިތުންނަށް ބޮޑު. އިތުރު މޮޅު ގޮތެއް އެމްޑީޕީއަށް ބުނެއެއް ނުދެވޭ." ޑރ.ޖަމީލް ވިދާޅުވިއެވެ.



ޗައިނާ އިން ނަގާފައި ވަނީ ދައުލަތަށް މާބޮޑު މާލީ ބުރައެއް އަންނާނެ ލޯނުތަކެއް ނޫން ކަމަށާއި އެއީ ވަރަށް ލުއި ލޯނުތަކެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރައްޔިތުންގެ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.

ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދީފައިވާ ސޮވެރިން ގެރެންޓީތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމަކަށް ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ އަށް ހާޒިރު ކުރެއްވުމުން، މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ކުރީގެ ފިނޭންސް މިނިސްޓަރކަން ވެސް ކުރައްވާފައިވާ ޖިހާދު ވިދާޅުވީ، ޗައިނާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރުން ނެގި އެއް ލޯނަކީ ސިނަމާލެ ބްރިޖް ހަދަން ނެގި ލޯނު ކަމަށާއި އެެއީ ވެސް ވަރަށް ދިގު މުއްދަތެއްގައި ކުޑަ އިންޓަރެސްޓަކާ އެކު ދައްކާ ގޮތަށް ނެގި ލޯނެއް ކަމަށެވެ. އެ ލޯނު ނަގަން ޖެހުނު ސަބަބަކީ އޭރުގެ ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި އެވަރުގެ ލޯނެއް ދޭނެ އެހެން ބަޔަކު ވެސް ނެތުމުންކަމަށެވެ.

ޖަމީލް ވިދާޅުވީ މިއަދު މުޅި ދައުލަތުގެ ތެރެއިން ފެނިގެންދަނީ ބަހަނާ ދައްކާ މަންޒަރުކަމަށެވެ. ކަމެއް ކުރަން ނޭގި ތަރައްޤީއަށް ފާޑުކިޔާ މަންޒަރުނޫން މަންޒަރެއް މިސަރުކާރުގެ ތެރެއިން ފެނިގެން ނުދާކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

"މަޖިލީހުގެ ޑްރާމާއިން ފެނިގެން މިދަނީ ފެއިލްވެ، ހަދާނެ ގޮތް ހުސްވުމުން، ބޯދަމައިގަނެވޭނެ އުޒުރެއް ހޯދޭތޯ އުޅޭތަން." ޑރ.ޖަމީލް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމަށް އިއްޔެ މަޖިލީހުގައި ކުރިއަށް ގެންދިޔަ މަސައްކަތުގައި ކުރީގެ މާލީ ވަޒީރުންވަނީ މާލީ ވުޒާރާ ދިފާއު ކުރައްވައި ނަޝީދުގެ މަސައްކަތަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ދަރަނި ނަގާ ގޮތާއި ދަރަނި އަދާކުރަމުންދާ ގޮތްވެސް ވިދާޅުވެދެއްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


12

ހަސަނު

12-Aug-2020

ޖަމީލް ވެސް މިފަހަރު ހަމަޖެހޭ ރަނގަޅު ވާހަކަ އެއް ދައްކާފަ މި އޮތީ ރަނގަޅު ސުވާލެއް އަންނި އާއި ތިޔަކުރީ


-14

ހަސަނު

12-Aug-2020

ޖަމީލް ވެސް މިފަހަރު ހަމަޖެހޭ ރަނގަޅު ވާހަކަ އެއް ދައްކާފަ މި އޮތީ ރަނގަޅު ސުވާލެއް އަންނި އާއި ތިޔަކުރީ



ޓްރެންޑިން