ރައީސް ޔާމިން ކޮރެކްޝަންގެ އޮފިސަރުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރަނީ
ރައީސް ޔާމިން ކޮރެކްޝަންގެ އޮފިސަރުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރަނީ
ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ގެދޮރާއި މުދާ ދައުލަތަށް ނެގުމަށް ސަރުކާރުން ކުރަމުންދާ ނާތަހުޒީބު އަމަލު މިހާރުން މިހާރަށް ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

ޕީޕީއެމްގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅާއި އެމަނިކުފާނުގެ މުދާ ދައުލަތަށް ނެގުމަށް ސަރުކާރުން ރާވައިގެން ކުރަމުންގެންދާ އެކި އެކި މަސައްކަތްތައް އިދިކޮޅު ކޯލިޝަނުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްއޭއިން ވަކި މީހަކަށް އަމާޒުކޮށް މުދަލާއި ގެދޮރުވެރިކަން ނެގުމަށް ކުރާ މަސައްކަތަކީ ދިވެހި ރައްޔިތުން ބަލައި ގަންނާނެ ކަމެއް ނޫންކަމަށެވެ.

"10 އޮގަސްޓް 2020ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެޒެޓްކުރި ޤަވައިދަކީ ކަނޑައެޅިގެން މިމަޤްޞަދު ޙާސިލް ކުރުމަށްޓަކައި ސަރުކާރުގެ މަކަރާއި ޙީލަތްތެރި ރޭވުމެއް ކަމުގައި މިކޯލިޝަނުން ދެކެމެވެ. މީހުންގެ އަމިއްލަ މުދާ މިފަދަގޮތަކަށް ދައުލަތަށް ނެގުމަކީ ސިޔާސީ މަޤްސަދެއް ޙާސިލްކުރުމަށްޓަކައި ހިންގާ ވަރަށް ނާތަހުޒީބު ޢަމަލެއް." އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

މިއަމަލަކީ ސަރުކާރަށް އޮތް ތާއީދު އިންތިހާޔަށް ކުޑަވެ، ދައުލަތުގެ އަގު ވެއްޓިގެންދާތީ އެކަމުގެ ރުޅިވެރިކަމުގައި ވަކި ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކުރާ ވަރަށް ނާތަހުޒީބު އަމަލެެއްކަމަށް އިދިކޮޅުން ބުނެއެވެ. އަދި މިހާލަތުގައިވެސް ރައީސް ޔާމީނަށް ދެމުންދާ އަނިޔާތައް ހުޓާލައި، އެމަނިކުފާނު ވަގުތުން ވަގުތަށް މިނިވަން ކުރުމަށް މިބަޔާނުގައި ގޮވާލާފައިވެއެވެ.

"މިއީ މިސަރުކާރު ބަލިކަށިވެ ތާއީދު ކުޑަވަމުންދާއިރު، ރައީސް ޔާމީންގެ އިތުރުން މި ކޯލިޝަންގެ އެކި އެކި ފަރާތްތަކާ، މިސަރުކާރާ ދެކޮޅަށް ފާޑުކިޔާ ކޮންމެ ފަރާތަކަށްވެސް އަމާޒު ކުރުމަށް ބޭނުންކުރާނެ ހަތިޔާރެއް ކަމުގައިދެކެމެވެ. އެހެންކަމުން ސަރުކާރު ފެއިލްވެ، ގޮތްހުސްވެގެން ހިންގާ މިފަދަ ދަށު ދަރަޖައިގެ ޢަމަލުތަކަކީ މުސްތަޤްބަލުގައި އެފަރާތްތަކަށްވެސް ކުރިމަތި ލާންޖެހިދާނެ ކަމެއްކަން ސަރުކާރަށް ހަނދާންކޮށްދެމެވެ. އަދި ރައީސް ޔާމީނަށް ނުޙައްޤުން ދެމުންދާ އަނިޔާ ހުއްޓާލާ އެމަނިކުފާނު މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލަން." އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

މަނީލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކަވާފައެއް ނުވެއެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ މިފައިސާ ދެއްކިފައި ނުވަނީ އެމަނިކުފާނު ޖަލުގައި އޮންނަވައިގެން ފައިސާ ދެއްކޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ. މައްސަލަ ބަލައި ނިމި ހުކުމާއި ހަމައަށް ގޮސްފައި ވަނީކޮށް ޤާޒީ ބަދަލުކޮށް ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ފައިސާގެ ތެރެއިން އެސްއޯއެފް މެދުވެރިކޮށް ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާ އެއްމިލިއަން ޑޮލަރުން އިންވެސްޓްކޮށް މަނީލޯންޑަރކޮށްފައިވާކަމަށް ކޯޓުގައި ސާބިތުކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


15

ޢހުރނ

13-Aug-2020

ގއުމު މިނިވަް ކޮށްދިންމީހާގެ ގެ ދައުލަތައް ނެގި. މިހާރު މިއުޅެނީ ގައުމު މީން ދުވަހަކު ނުދެކޭފަދަ ހިދުމަތްތެރިއެއްގެ މުދާ ނގަން.. ކޮންފަދަ އިނސާފެއްތޯއެވެ.


26

އަލީ

12-Aug-2020

ވަގައްނެ ލާރި ކޮޅު ދައްކާލާ އޭރުން އެކަން ނިމުނީ


12

ގައިސް

12-Aug-2020

ޖޫދު ވަކާލާތުކޮއްދިން ޑްރަގް ޑީލަރުންނާ ޖޫދުބޭގެ މުދާ ހިފުން މާ ހައްގުކަން ބޮޑު. އަދި ދ ތާއަބަދު ވެރިކަމާ ހެދި ބަޣާވާތުގަ އުޅޭ އަދި ވެރިން މަރަން އުޅޭ އާއިލާއެއްވެސް އެބަ އޮތް އެ މީހުން މުދާ ހިފުން މާ އައުލާކަން ބޮޑު



ޓްރެންޑިން