ދަޢުލަތުގެ މާލީ ގޯސްތައް ރަނގަޅުކޮށް އެކަންކަމަށް ޙައްލު ހޯދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޖަގަހަ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން މެންބަރު ޝުޖާއު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ދަށްކަމަށާއި، އެކަމުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް މި ސަރުކާރުން ކުރާނެ ކަމަށެވެ.
އެގޮތުން ވެރިކަމުގައި ތިބޭއިރު އަބަދު ކުރަންޖެހެނީ އެންމެ ހިތްހަމަޖެހޭ ނުވަތަ އެންމެ ބޭނުންވާ މަސައްކަތް ނޫން ކަމަށާއި ރައްޔިތުންގެ ކިބައިން މާފަށްއެދި ޤައުމުގެ ޙައްޤުގައި އުނދަގޫ ނިންމުންތައްވެސް ނިންމަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އެކަމަށްޓަކައި ދަޢުލަތުން ކުރަމުން އަންނަ ބޭކާރު ބައެއް ޚަރަދުތަކަށް ޙައްލެއް ގެންނަން ޖެހޭ ކަމަށާއި އިޤްތިޞާދީ މިއަޑިގަނޑުން އަރައި ގަތުމަށް މިސަރުކާރަށް ކުރަން ޖެހިފައި އޮތީ އާދައިގެ މަސައްކަތެއް ނޫންކަން ޝުޖާއު ފާހަގަ ކުރެއްވިއެވެ.
"ވެރިކަމުގައި ތިބޭއިރު އަބަދު ކުރެވޭނީ ރަނގަޅު ކަންކަމެއް ނޫން. އެފަދަ ހާލަތެއްގައި ގޯސްކަންކަން ބަލައި ރައްޔިތުން ކިބައިން މައާފަށް އެދި އަޅުގަނޑުމެން އެކަމެއް ރަނގަޅު ކުރާނަން. ރައީސް ޑރ. މުއިއްޒުގެ ސިޔާސަތަކީ އެއީ." ޝުޖާއު ވިދާޅުވިއެވެ.
އޭގެއިތުރުން ޝުޖާއު ވިދާޅުވީ ބޭރުގެ މާލީ އިދާރާތަކުން އިރުޝާދު ދީފައިވަނީ ދަޢުލަތުގެ ދަރަނި ކުޑަކޮށްގެން މަޝްރޫއުތައް ހިންގުމަށް ކަމަށާއި މާލީ އިދާރާތަކުން ދީފައިވާ ލަފައާއި އެއްގޮތަށް މަސައްކަތް ކުރުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ޝުޖާއު މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ ދަރަނި މަތިވުމުގެ ސަބަބުން ފިޗުން ރާއްޖެ އަށް ދީފައިވާ ރޭޓިން "ބީ ނެގެޓިވް" ގެ ރޭޓިންއިން "ސީސީސީ ޕްލަސް" އަށް މިހާރުވަނީ ދަށްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު