ރާއްޖޭގެ ޢިޤްތިޞާދު އާރާސްތުކުރުމަށް ސަރުކާރުން ގެންގުޅޭ އިސްލާޙީ ވިސްނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ތަޢުރީފް ކުރަށްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ނިމުނު ސަރުކާރުގައި އެކި ސަބަބުތަކާހުރެ ނަގާފައިވާ ލޯނުތަކާއި ދަރަނީގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް ބުރަ ބޮޑުވެފައިވާކަން މި ސަރުކާރުގެ މާލީ ވަޒީރުގެ ވާހަކަފުޅުން ސާފުވެގެން ގޮސްފައިވާ ކަމަށެވެ.

ޤާސިމް ވިދާޅުވީ ކުރީ ސަރުކާރުން ނަގާފައިވާ ސްކޫކާއި ބޮންޑާއި ލޯނާއި ދަރަނީގެ ސަބަބުން އިޤްތިޞާދު ވަރަށް ބޮޑުތަނުން ދަށަށް ދިޔަކަމަށާއި އަދި އެކަން ފޫބެއްދުމަށް އެއްވެސް ޙައްލެއް އެސަރުކާރުން ހޯދާފައި ނެތް ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ އިޤްތިޞާދު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް އިއާދަކުރުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މަރުޙަބާ ދަންނަވާކަމަށް ޤާސިމް ވިދާޅުވިއެވެ.

"ކުރީ ސަރުކާރުގައި ކޮށްފައިވާ ކަންކަމުގެ ސަބަބުން ވެއްޓުނު އަނދަވަޅުން އަރައިގަތުމަށް، އަޒުމާ ހިތްވަރުގައި ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތަށް މަރުޙަބާ ދަންނަވަން." ޤާސިމް ވިދާޅުވެފައިވެއެވެ.

ޤާސިމް މިމޭރުމުން ވިދާޅުވެފައިވާއިރު ފިޗުން ރާއްޖެއަށް ދީފައިވާ "ބީ ނެގެޓިވް" ގެ ރޭޓިން "ސީސީސީ ޕްލަސް" އަށް މިހާރުވަނީ ދަށްކޮށްފައެވެ. އެގޮތުން ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވަނީ ބޭރު ފައިސާގެ ދަތިކަން ހުރުމާއި ދަރަނި މަތިވުމުގެ ސަބަބުންނެވެ.

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ނަމަވެސް ސަރުކާރުން އަޅާ އިސްލާޙީ ފިޔަވަޅުތަކާއެކު އިގްތިސާދު ކުރިއަރާނެ ކަމަށްވެސް ފިޗުން ވަނީ އަންދާޒާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން