ސައުވީސް ގަޑިއިރުގެ ތެރޭގައި ކޯވިޑް ބަލީގައި ދެވަނަ ދިވެއްސަކު ނިޔާވެ، ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު 21 އަށް އަރައިފިއެވެ.
އެންމެ ފަހުން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ އަންހެނެއް ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ. މިބަލީގައި އިއްޔެވެސް ވަނީ 67 އަހަރުގެ ފިރިހެނަކު ނިޔާވެފައެވެ. މިއާއެކު މިހާތަނަށް މިބަލީގައި ނިޔާވި ދިވެހިންގެ ޢަދަދު ވަނީ 15 އަށް އަރާފައެވެ. އަދި ބިދޭސީން 6 މީހަކުވަނީ ނިޔާވެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާޢްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. ހޮސްޕިޓަލުގައި މިވަގުތު އެޑްމިޓްކޮށްގެން 148 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މާލޭ ސަރަހައްދުގައި ބާކީ ހުރި ހޮސްޕިޓަލް ބެޑް ކެޕޭސިޓީގެ އަދަދަަކީ 118 ކަމަށް އެނގިފައި ވެއެވެ. މިމަހުގެ އަށް ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ބެޑް ކެޕޭސިޓީއަކީ 250 ކަމަށެވެ. އަދި ޑީއެޗް 11 ގައި ދިހަ ބެޑް ހުރިއިރު ޑީއެޗް 16 ގައި ހުރީ ހަ ބެޑެވެ.
ކޯވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރީލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ އަންހެނެކެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މީހުންނެވެ. މީގެތެރޭގައިވެސް އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އިތުރެވެ.
ރާއްޖޭގައި މިހާތަނަށް ވަނީ 5223 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 2354 އަށް ވުރެ ގިނަމީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު