ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
ރާއްޖޭގެ ޞިއްހީ ހިދުމަތަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް، ޞިއްހީ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެންނާނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ ޞިއްހީ ދާއިރާއަށް ހުރި ގޮންޖެހުންތަަކާއިއެކުވެސް ބޮޑެތި ކާމިޔާބުތަކެއް ހާސިލް ކުރެވިފައިވާކަމަށެވެ. އެގޮތުން ފަސް ސަރަހައްދެއްގައި މިސަރުކާރުން ޤާއިމުކުރާ ޓާޝަރީ ހޮސްޕިޓަލުތަކަށް ބޭނުންވާ އާލާތްތަކާއި އިކުއިޕްމެންޓުގެ 90 އިންސައްތަ ހަމަކޮށްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އެފަސް ހޮސްޕިޓަލުގެ އުމްރާނީ ވަސީލަތްތައް އިތުރުކުރުމަށް އެތަންތަނުގެ އިމާރާތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ފާއިތުވި އަހަރުގެ ތެރޭގައި ފެށިފައިވާނެ ކަމުގައި މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވިއެވެ. ކުރިން ވިސްނިފައި އޮތީ 2020 ވަނަ އަހަރުގެ މެދަކާ ހަމައަށް އަންނައިރު ޓާޝަރީ ފެންވަރުގެ ޚިދުމަތް އެތަންތަނުން ލިބޭނެ ކަމަށެވެ.

މިނިސްޓަ ވަނީ ކޯވިޑް-19ގެ މިހާލަތާއި ގުޅިގެން ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ބައްޔަށް ޓެސްޓުކުރުމަށް ބޭނުންކުރާ ޖީންއެކްސްޕާޓު މެޝިނުތައް ސެޕްޓެންބަރު މަހުގެ ފުރަތަމަ ހަފުތާގައި ރާއްޖެއަށް ލިބޭނެ ކަމަށް އަމީނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާލަތަށް ބޭނުންވާ މިންވަރުގެ ވަސީލަތްތައް އެބަހުރި ކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ބޭނުންވާ ވަސީލަތްތައް ހިމެނޭ ނޭޝަނަލް ރިކުއަޔަމެންޓް ލިސްޓެއް ސަރުކާރުން އެކުލަވާލި ކަމަށާއި އެ ލިސްޓުގެ ތެރެއިން ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރަމުންދިޔަ ކަމަށެވެ. އަދިވެސް ބައެއް ތަކެތި ލިބުމުގައި ދަތިިތަކެއް ހުރި ކަމަށާއި އެކަމަކު މި ވަގުތަށް ބޭނުންވާ ވަރަށް ވަސީލަތްތައް އެބަހުރި ކަމަށް އަމީން ވިދާޅުވި އެވެ.

އޯޑަރު ދިން ބައެއް ތަކެތި ނުލިބޭ ކަމަށް އަމީން ވިދާޅުވިއިރު، ޑުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރުގެ ތެރެއިން 45 ވެންޓިލޭޓަރު މިދިޔަ މެއި މަހު ލިބޭނެ ކަމަށް ސަރުކާރުން ފުރަތަމަ އިއުލާންކުރި އެވެ. އެކަމަކު އެ ތަކެތީގެ ޖުމްލަ އަގު ނުދައްކާތީ ކަމަށް ބުނެ އެ ތަކެތި އަދިވެސް ލިބޭ ގޮތެއް ނުވެ އެވެ. ސަރުކާރުން މިހާތަނަށް ވަނީ އެތަކެތި ގެންނަން 30 މިލިއަން ރުފިޔާ ދައްކައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން