ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް(ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ހުސެއިން ފަހުމީ މިރޭ ވިދާޅުވީ ދަޢުލަތުގެ ޚަރަދުތައް ކުޑަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅުތަކަށް ފުރިހަމައަށް ތާޢީދުކޮށް މަރުޙަބާ ދަންނަވާ ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ އަރަނިވެރި، ތިޔާގި އަދި މާލީ ބުރަތަކަށް ވިލުންވެރި ޤައުމަކަށް ހެއްދެވުމަށް ރައީސް އަޅުއްވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ދިވެހި ޤައުމު ދެކެ ލޯބިވާ ރައްޔިތެއްގެ ޙައިސިއްޔަތުން ފަހުމީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށްވެސް ވިދާޅުވިއެވެ.

”ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ދަޢުލަތުގެ ކުންފުންޏެއްގެ ޙައިސިއްޔަތުން ސްޓެލްކޯ އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމުގެ ޔަޤީންކަންވެސް އަރުވަން. މާތްﷲގެ ވާގިފުޅާއެކު ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ކުރިއެރުމަށް ކުރަމުން މިގެންދާ މަސައްކަތުގައި ދާދި އަވަހަށް ކުލަޖެހިގެންދާނެ. މިކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.“ ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވިއެވެ.



ދައުލަތުގެ ހަރަދުތައް އަތްނުފޯރާ ފަށަށް ބޮޑަށް އުފުލިގެން ދިއުމުން ސަރުކާރުން މިހާރު ވަނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގައި، ހަރަދުތައް ކުޑަކޮށް، ދައުލަތަށް ވަންނަ ފައިސާގެ އަދަދު އިތުރުކުމަށް މަސައްކަތް ފަށާފައެވެ.

ސަރުކާރުން ވަނީ ދައުލަތުގެ ހަރަދުތައް އިތުރު ކުރުމުގެ ގޮތުން ޖީއެސްޓީ ނެގޭ މިންވަރު އިތުރުކޮށް، މިފްކޯއަށް މަސް ގަންނަ އަގުވެސް ތިރިކޮށްފައެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން