މިސަރުކާރަށް އިކޮޅު ފަރާތްތަކާއި ބައްދަލުކޮށް ވާހަކަ ދައްކާލުމުގެ ހިއްވަރާއި ގާބިލުކަމެއް ނެތްކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ރައީސް ޔާމީނަށް ޤާނޫނީ ގޮތުން ލިބިވަޑައިގަންނަވަންޖެހޭ ވަކީލުންގެ ބައްދަލުވުން ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުުރުމަށް މުއައްއަސާތަކަށް ވަޑައިގެންނެވި ނަމަވެސް އިދިކޮޅު ކޯލިޝަންގެ ބޭފުޅުންނަށް އެއްވެސް މުއައްސަސާއަކުން ވެރިޔަކާއި ބައްދަލުކުރުމުގެ ފުރުސަތު މިއަދު ލިބިފައި ނުވާކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަނަށާއި، ފުލުހުންގެ އިދާރާއަށާއި، ހޯމް މިނިސްޓްރީއަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޕީއެމްސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މިއީ ވާހަކަ ދައްކައި، މަޝްވަރާ ކުރުމުގެ ޤާބިލު ކަމެއް ހުރި ސަރުކާރެއް ނޫންކަމަށެވެ.

ރައީސް ޞާލިހު ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައި ކޮންމެ މުނާސަބަތަކާއި ގުޅިގެން މަޝްވަރާ ކުރުމަށާއި، ވާހަކަ ދެއްކުމަށާއި، އެއްބައިވަންތަ ވުމަށް ގޮވާލައްވާއިރު އެވާހަތަކުގެ އިހުލާސްތެރިކަމެެއް ނެތްކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މަޝްވަރާ ކުރުމަށް ގޮވާލިތާ އެތައް ދުވަހެއް ވެގެންދާއިރުވެސް އިދިކޮޅުން މަޝްވަރާ ކުރަންވީ ކާކާއި ކޮން އިރަކުކަމެެއްވެސް އެގިފައި ނުވާކަމަށެ އޭނާ ވިދާޅުވިއެވެ.

"ކޮބައިތޯ ރައީސް ޞާލިހު ވިދާޅުވި މަޝްވަރާ. ކޮބައިތޯ އީދު ދުވަހު ވިދާޅުވި އެއްބައިވަންތަކަން. ކީއްވެތޯ އަޅުގަނޑުމެންނާއި ބައްދަލުކޮށްލަން ބިރު ގަންނަނީ. ޤަބޫލުފުޅު ނުކުރައްވާތި، ތާއަބަދު ވެރިކަމުގައި ތިބެވިދާނެކަމަށް. މާގިނަ ދުވަހެއްނެތް ޕީޕީއެމްއިން ވެރިކަމަށް އަންނަން. އަޅުގަނޑުމެން މިކަންކަން ބަލާނަން." އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޚާތަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ޤައުމުގެ އެތެރޭގައި ހިނގާ ކަންކަމުގައި ސިޔާސީ ވާދަވެރިކަން އިންތިހާއަށްބޮޑުވެ، ޤައުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައިވެސް ސިޔާސީ ވާދަވެރިކަން އިސްކުރުމަކީ ޤައުމަށް ފައިދާވާނެ ކަންކަމެއް ނޫންކަމަށެވެ. ޤައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސިޔާސީ ފިކުރު ތަފާތުވި ކަމުގައި ވީނަމަވެސް އެންމެން ގުޅިގެން އެކުގައި މަޝްވަރާކޮށް ކަންކަމުގައި ހައްލު ހޯދުމަކީ ޤައުމަށްވެސް ރައްޔިތުންނަށްވެސް އެންމެ ރަނގަޅު ގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މި އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ޤައުމުގެ އެންމެ މަތީ މަޞްލަޙަތާ ގުޅޭ ގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ވާހަކަ. ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުޞަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއްނޫން. އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ ހުރިހާ ރައްޔިތުންނަށް، މުޅި ޤައުމަށް. ޤައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއިއެކުގައި މަސައްކަތްކުރަން ފެއްޓުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަޝްވަރާއަށް ގޮވާލިތާ އެތައް ދުވަހެއް ވެގެންދާއިރުވެސް މިހާތަނަށް މިފަދަ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމުގެ ދައުވަތެއް ލިބިފައި ނުވާކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް ވިދާޅުވީ އިދިކޮޅުން ބައްދަލު ކުރަންވީ ލީޑަރެއް ސާފުނުވާކަމަށެވެ. މިއާއިއެކު އިދިކޮޅުން ބުނެފައިވަނީ އިދިކޮޅުން މަޝްވަރާ ކުރަންވީ ކޮން ރައީސަކާއިކަން ސުވާލު އުފެދޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


9

ޢަލީ

13-Aug-2020

ބޭކާރުކަމެއް ތީޤަމުއުގެހަަލާކއަްއުޅޭ ބައެއް



ޓްރެންޑިން