އެމްއެމްއޭ ގެ ގަވަރނަރ ޢަލީ ޙާޝިމް
އެމްއެމްއޭ ގެ ގަވަރނަރ ޢަލީ ޙާޝިމް
މިދިޔަ މެއި މަސް ނިމުނުއިރު ދަޢުލަތުގެ ރިޒަރވްގައި ހުރީ 492 މިލިއަން ޑޮލަރުކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މެއި މަސް ނިމުނުއިރު ދަޢުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 492.18 މިލިއަން ޑޮލަރެވެ.

އެހެންކަމުން މިއީ މިދިޔަ އޭޕްރީލް މަހަށްވުރެ 21 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އޭޕްރީލް މަސް ނިމުނުއިރު ދަޢުލަތުގެ ރިޒާވްގައި ހުރީ 622.1 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ރިޒަރވް 21 އިންސައްތައިން ދަށަށް ގޮސްފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ.

އެގޮތުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް އެކިއެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކުގެ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަކީ ހަރަދު ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ފިޗުން ރާއްޖެއަށް ދީފައިވާ "ބީ ނެގެޓިވް" ގެ ރޭޓިން "ސީސީސީ ޕްލަސް" އަށް މިހާރުވަނީ ދަށްކޮށްފައެވެ. އެގޮތުން ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވަނީ ބޭރު ފައިސާގެ ދަތިކަން ހުރުމާއި ދަރަނި މަތިވުމުގެ ސަބަބުންނެވެ.

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ނަމަވެސް ސަރުކާރުން އަޅާ އިސްލާޙީ ފިޔަވަޅުތަކާއެކު އިގްތިސާދު ކުރިއަރާނެ ކަމަށްވެސް ފިޗުން ވަނީ އަންދާޒާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން