ރައްޔިތުންގެ މަޖިލީހުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ތަމްސީލު ކުރަމުންދާ މެންބަރުންނަށް ރިޔާސީ ގަނޑުވަރު މުލީއާގެއިން ބައިލައްކަ ރުފިޔާގެ އެލަވަންސެއް ނުދޭ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މުލިއާގެއިން ޕީ.އެން.ސީ މެމްބަރުންނަށް ބައިލައްކަ ރުފިޔާ ދެމުން އަންނަކަމަށް ތުހުމަތުކޮށްފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެވެ.

ފައްޔާޒްގެ މި ތުހުމަތާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފައްޔާޒުގެ ވާހަކަތަކަކީ “ކަނޑައެޅިގެން ބުހުތާނު ދޮގެއް” ކަމަށެވެ.



ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މަޖިލިސް މެންބަރުން ވަކިގޮތަކަށް ބޭތިއްބުމަށް ރައީސް މުއިއްޒުގެ ފަރާތްޕުޅުން މެންބަރުންނަށް ކޮންމެ މަހަކު ވެސް ފައިސާ ދެމުންދާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ މެމްބަރަކަށް މަހަކު ބައިލައްކަ ރުފިޔާ ދެމުން އަންނަކަމަށް އަޑުއިވި ވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެން އަޑުއަހަން ކޮންމެ މެންބަރަކަށް މުލިއާގެއިން 50،000 ރުފިޔާ ދޭކަމަށް.“ ފައްޔާޒް ވިދާޅުވެފައިވެއެވެ.

ޕީއެންސީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު އެ މެންބަރުންނަށް އެ ޢަދަދަށް ފައިސާ ދޭނަމަ މަހެއްގެ މައްޗަށް 3.75 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން