އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަން ބައެއް މެމްބަރުންގެ ސޮއި ހޯދަން ފަށައިފި އެވެ.
ނަން ހާމަ ކުރަން ބޭނުން ނުވާ އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވީ އެ މަސައްކަތް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ފަށައިގެންފައިވާ ކަމަށެވެ. އެކަމުގައި އިސްކޮށް އުޅުނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދަން މަސައްކަތް ކުރެއްވި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ކަމަށާއި އެކަމުގައި އޭނާ އަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް އެހީތެރިވެދެއްވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސއްކަތް ފަށާފައިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އޯޑަރަށެވެ. ރައީސް ނަޝީދު މިފަދަ އެންގުމެއް އަންގަވާފައިވަނީ ނަޝީދާއި ފައްޔާޒާއި ދެމެދު ކޮންމެވެސް ކަމެއްގައި ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވި މައްސަލަ ހޫނުވުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އިތުބާރު ނެތްކަމަށް ހުށައަޅާ ލިސްޓުގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައި ވަނީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް، އެ ލިޔުން ފެނިވަޑައިގެންނެވި މެމްބަރަކު ވިދާޅުވި އެވެ.
ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 10 މެމްބަރެއްގެ ސޮއި ކަމަށް ވާއިރު، މިހާތަނަށް 20 އަށް ވުރެ ގިނަ ސޮއި ހޯދާފައިވާ ކަމަށް އެނގިފައި ވެ އެވެ. ސޮއި ހޯދުމުގައި އިސްކޮށް އުޅުއްވަނީ ފައްޔާޒު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުންނެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، 65 މެމްބަރުންގެ ސުޕަ މެޖޯރިޓީއާ އެކު މަޖިލީހުގައި އޮތީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބާރެވެ. އެހެންވެ، އެ ޕާޓީގެ މެމްބަރުން ބޭނުންވެގެން ނޫން ގޮތަކަށް މިހާރު މަޖިލީހުން އެއްވެސް ކަމެއް ފާހެއް ނުވާނެ އެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު