އެއްވެސް ސަބަބެއް ހާމަ ކުރުމެއްނެތި އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ވައްދާފައިވާ އިކޮނޮމިނިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީ މެމްބަރުންގެ ޚިޔާލު ތަފާތުވެ ގޮތް ހުސްވެއްޖެއެވެ.
މިއަދު ރައީސް ނަޝީދު އިސްކޮށް ހުންވައިގެން ކެބިނެޓްްގައި ރައީސް ޞާލިހު އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރު ކަމަށްބުނާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަސައްކަތް ވަނީ ފަށާފައެވެ. މިކަމަކީ ރައީސް ނަޝީދުގެ ސީދާ ރުހުން އޮވެގެން ކުރާ ކަމެއްކަން އެމްޑީޕީގެ މެމްބަރުންނަށް ކަށަވަރު ކޮށްދެއްވުމަށް އެންމެ ފުރަތަމަ މިލިސްޓުގައި ސޮއިކުރައްވާފައިވަނީވެސް ރައީސް ނަޝީދެވެ. ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި މިއީ މެމްބަރުންނަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެކެވެ.
ރައީސް ޞާލިހު އެންމެ އިތުބާރު ކުރައްވާ ކެބިނެޓްގެ މިނިސްޓަރަކު މަގާމުން ވަކި ކުރެއްވުމަށް ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން މަސައްކަތް ކުރެއްވުމަކީ އެމްޑީޕީގެ މެމްބަރުންނަށް ވެސް ހަދާނެ ގޮތް ހުސްވެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވި، ޕާޓީގެ ޕާލިމަންޓްރީ ގްރޫޕް ވެސް ދެބައިވެގެންދާ މަންޒަރު ފެންނަމުންދާ ކަމެއް ކަމުގައި ބައެއް މެމްބަރުން ވިދާޅުވެއެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ ސަރުކާރުގެ ތެރެއިން މެމްބަރުންނަށް ކަންކަން ކުރެވެން އޮތީ އަދި ތާއީދު ލިބެންއޮތީ ރައީސް ޞާލިހުގެ ރުހުމާއިއެކު މަސައްކަތް ކޮށްގެންކަމަށެވެ. އަދި އަނެެއްބައި މެމްބަރުން ދެކޭ ގޮތުގައި ޕާޓީތެރެއިން ބާރުވެރިކަން ހޯދޭނީވެސް، އަދި ސިޔާސީ ކާމިޔާބު ހޯދެން އޮތީވެސް ރައީސް ނަޝީދާއި ބައިއަތު ހިފައިގެންނެވެ. އަނެއްކޮޅުން ދެބޭފުޅުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ އެމްޑީޕީގެ އެންމެ އިސް ދެބޭފުޅުން ކަމަށްވާއިރު ދެބޭފުޅުންގެ މި ދެބަސްވުމުގެ ތެރޭގައި މަޖިލިސް މެންބަރުން ވަރަށް ބޮޑަށް ތާށިވެފައިވާ ކަމުގައި ވެސް ބައެއް މެންބަރުން ވިދާޅުވެއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރެއްވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު ވިދާޅުވީ ކިތަންމެ ދިގު ލިސްޓެއް ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ހެއްދެވިޔަސް މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހަކުން ފާސް ނުކުރެވޭނެ ކަމަށެވެ. ރައީސް ނަޝީދު ބޭނުންވާ ހުރިހާ ކަމެެއް ބޭނުން ގޮތަކަށް ނުވާ ކޮންމެ ފަހަރަކު ރައީސުލްޖުމްހޫރިއްޔާއާއި މުޅި ސަރުކާރަށް އުނދަގޫވާނެހެން ކަންކަން ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް އެމެންބަރުން ވިދާޅުވެއެވެ. އަދި މިއީ އެއްވެސް ތާކުންތާކު ޖެހޭ ކަމެއް ނޫންކަމަށްވެސް މެމްބަރު ފާހަގަކުރެއްވިއެވެ.
ނަން ނުޖެހުމަަށް ޝަރުތުކޮށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ މިއީ ރައީސް ނަޝީދުގެ ތާއީދު މަޖިލިސް ތެރޭގައި އޮތް މިންވަރު ބެއްލެވުމަށް ކުރައްވާ ޓެސްޓެއްކަމަށެވެ. ނަމަވެސް ސަރުކާރުގެ ވަޒީރުންގެ ތެރޭގައި އެއްވެސް މަސައްކަތެއް ނުކުރައްވާ އެކަށީގެންވާ ނަތީޖާ ނުނެރެވޭ "ނުކުޅެދުންތެރި" އެތައް ވަޒީރުންނެއް ތިއްބާ އެންމެ މަސައްކަތްތެރި، އެންމެ ހިންގުންތެރި އެއް ވަޒީރުގެ އިތުބާރުނެތްކަމަށް ވޯޓަށް އަހައި މަޖިލިސް ތެރޭގައި "މިގަނޑު ގަތުމަކީ" ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ.
މިމައްސަލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕާއި ވަރަށް އަވަހަށް ރައީސް ޞާލިހު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމުގެ މައުލޫމާތު ވެސް މިނޫހަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު