މިދިޔަ 5 އަހަރު ނިމުނުއިރު ދަޢުލަތުގެ ކުންފުނިތަކުގެ ދަރަންޏަށް 98 ބިލިއަން ރުފިޔާ އަރާފައިވާކަމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރ އަދި ކުރީގެ މާލީ ވަޒީރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ އެމް.ޑީ.ޕީ ސަރުކާރުން ދަޢުލަތުގެ ކުންފުނިތައް ހިންގާފައިވަނީ އިންތިހާއަށް ޚަރަދު ބޮޑުކޮށް ކަމަށެވެ. އެގޮތުން އެމް.ޑީ.ޕީ ސަރުކާރުގެ 5 އަހަރުގެ ދައުރުގައި ކުންފުނިތަކުގެ ޖުމްލަ ދަރަނި އެކަނިވެސް 98 ބިލިއަނަށް އަރައިގެން ދިޔަކަމަށް މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ ކުރީ ސަރުކާރުގައި އެންމެ ބޮޑު އިހުމާލެއް ވެފައިވަނީ ކުންފުނިތަކުގެ މާލީ ޙާލަތު ބެލެހެއްޓުމުގައި ކަމަށެވެ. އަދި އެއީ ދަޢުލަތުގެ ޚަރަދު ނުކަތައިގެންދިޔަ އެންމެ ބޮޑު ސަބަބު ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ ކުރީ ސަރުކާރުގައި ރާއްޖޭގެ ޖުމްލަ ދަރަނި 200 ބިލިއަނަށް އަރައިގެން ދިޔަކަމަށެވެ. އޭގެ އިތުރުން ކުންފުނިތަކުގެ ސަބްސިޑީއާއި ކެޕިޓަލްގެ ގޮތުގައި ބޮޑެތި ޢަދަދުތަކުން ފައިސާ ދީފައި ވާކަން މުނައްވަރު ފާހަގަ ކުރެއްވިއެވެ.
“އާ ސަރުކާރުން އެންމެ ބޮޑަށް އިސްކަން ދޭންޖެހިފައިވަނީ ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ރަނގަޅު ކުރުމަށް.” މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު އިތުރަށް ވިދާޅުވީ މިދިޔަ ވެރިކަމުގެ ދައުރު ނިމުނުއިރު ސަރުކާރުގެ ޚަރަދުތައް ކޮންޓްރޯލުން ނެއްޓި އާމްދަނީއަށްވުރެ ޚަރަދުތައް އިތުރުވެ، ޑެފިސިޓް ޚަރަދު ވަނީ 53 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު