މިސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް ފެނުނީ ހަމައެކަނި ތުރުކީ ފުށް ކަމަށާއި، ސަރުކާރުގެ އެތެރެފުށް ނުފެންނަ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރަށްވަމުން ޒިޔާދު ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައީ ކަންކަން ހާމަކުރާނެކަމުގެ ވައުދާއެކު ކަމަށެވެ. ނަމަވެސް ސަރުކާރުން ފެންނަމުންދަނީ އެއާ ދިމާއިދިކޮޅު މަންޒަރުކަމަށް ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ ސައްޙަ އަދަދުވެސް މިއަދާ ހަމައަށް ނޭނގޭ ކަމަށާއި އިޤްތިސާދީ ގޮތުން އިސްރާފު ބޮޑު ޚަރަދުތަކެއް މިއަދާ ހަމައަށް މިސަރުކާރުން ކޮށްފައިވާ ކަމަށެވެ.
ހަމައެއާއެކު ސަރުކާރުގެ އެތެރެފުށް ނުފެންނަ ކަމަށާއި ސަރުކާރުން ދަނީ އާންމު ރައްޔިތުންގެ ތަކުލީފުތައް އިތުރު ކުރަމުންކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.
“މިހާތަނަށް ފެނުނީ ތުރުކީ ފުށް އެކަނި، ސަރުކާރުގެ އެތެރެފުށެއް ނުފެނޭ.” މަޖާޒީ ގޮތަކަށް ސަރުކާރަށް ފާޑު ވިދާޅުވަމުން ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަން ކަށަވަރުކޮށް ދެފުށްފެންނަ މާލީ ނިޒާމެއް ޤާއިމު ކުރުމަށްޓަކައި ސަރުކާރުން ވަނީ މުހިންމު ބިލްތަކެއް މަޖިލީހަށް ހުށައަޅާފައެވެ.
އެގޮތުން ދަޢުލަތުގެ ދަރަންޏާ ބެހޭ ބިލާއި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލްގެ ބަހުސް މަޖިލީހުގައި މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު