ރައީސް ޑރ މުހައްމަދު މުޢިއްޒަށް ސިހުރު ހެދިކަމަށް ބުނާ މައްސަލަ ހުށައެޅީ ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ފަރާތަކުން ނޫންކަމަށް، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފައިވަނީ ހުސްވި ހަފުތާގައެވެ. ފުލުހުންގެ ޚިދުމަތުން ބުނީ ޝަމްނާޒް ހައްޔަރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލައަކާއި ގުޅިގެންނެވެ. މިމައްސަލަ އާއި ގުޅިގެން އިތުރު ދެމީހުން ހައްޔަރުކޮށްފައިވާ ކަމަަށް ފުލުހުން ބުނެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް އާއި އިތުރު 2 މީހަކު ބައިވެރިވެގެން ސިހުރު ހަދާކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ތަޙްޤީޤްކުރާ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއިން ފުލުހުންނަށް ހުށައެޅި މައްސަލައެއް ނޫންކަމަށެވެ. އަދި މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއްކަމަށް ހީނާ ވިދާޅުވެފައިވެއެވެ.



ސިހުރު ހެދިކަމުގެ މައްސަލައިގައި ހުސްވި ހަފްތާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއެކު ހައްޔަރު ކުރި އިތުރު އަންހެނަކުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 7 ދުވަހަށް ބަަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާކަމަށް މިއަދު ފުލުހުން ހާމަކޮށްފައިވެއެވެ. އަދި މިމައްސަލައިގައި ހައްޔަރު ކުރި 58 އަހަރުގެ ފިރިހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ހޯމަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، ޝަރުތު ތަކަކާއެކު ދޫކޮށްލާފައިވާ ކަަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން