ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނު
ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނު
ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާޢު އުސްމާނު، ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން ބުނީ އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމެއްގައި ކަމަށެވެ. ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު މިހާރުވެސް ހުންނެވީ، ދެމަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެެ. ޖޭއެސްސީން މިދިއަ ޖުލައި މަހުގެ 22 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުޘްމާނުގެ މައްޗަށް އެ ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލަ އަކީ، 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި ކަމަށާއި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެކަމަށް ބުނެ މަޝްވަރާ ކޮށްފައިވާކަމަށް ހުށަހެޅިފައިވާ މައްސަލަ ކަމަށެވެ.

މި މައްސަލައަކީ މައްސަލައިގެ ތަޙްޤީޤު ނިންމުމަށްފަހު، ތަޙުޤީޤު ރިޕޯޓުގައިވާ ކަންކަމަށް ޖަވާބުދާރީވުމަށް 7 ދުވަހުގެ ފުރުސަތެއްދީ، މިދިއަ ޖުލައި މަހުގެ 20 ވަނަ ދުވަހު ތަޙުޤީޤު ރިޕޯޓު ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާނާ ޙަވާލުކޮށްފައިވާ މައްސަލައެއް ކަމަށް ޖޭއެސްސީ އިން ބުނެ އެވެ.

ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މައްސަލައެއް ޖޭއެސްސީން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެމައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ދިރާސާ ކުރުމަށްފަހު، އެކޮމެޓީން ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އަހައި ފާސްކުރާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން