ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާ މެންބަރުންނަށް އިނާޔަތް ދިނުމަކީ ދަޢުލަތަށް އޮތް ބުރައެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.
ސުޖާއު މިބީދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މަޖިލީހުގެ ހިޔާލު ހޯދުމަށް އޭނާ މިއަދު މަޖިލީހަށް ހުށައެޅުއްވި ޤަރާރުގެ ބަހުސްގައެވެ.
އެގޮތުން ސުޖާއު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި މަޖިލީހުގެ މެންބަރުންނަށް ލިބޭ އިނާޔަތްތަކަށް ބަދަލު އަންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހަމައެއާއެކު މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުމާއި މެންބަރުންނަށް ލިބޭ އިނާޔަތްތަކާމެދު ރައްޔިތުން ކަންބޮޑުވާކަން ސުޖާއު ފާހަގަ ކުރެއްވިއެވެ.
ނަމަވެސް މަޖިލީހުގެ މެމްބަރުންނަށް މިހާރު ލިބިވަޑައިގަންނަވާ މުސާރަ މެމްބަރުންގެ ޒިންމާތަކާ އަޅާބަލާއިރު ކުޑަކަމަށް ސުޖާއު ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންނާ ގާތުން ހިދުމަތްކުރާ މެމްބަރުންގެ އަތުގައި މަސްނިމޭއިރު ލޯލާރިއެއްވެސް ނޯންނާނެ ކަމަށް ސުޖާއު ވިދާޅުވިއެވެ.
“އަޅުގަނޑު މިދަންނަވަނީ މުސާރަ ކުޑައޭ އިއްޒަތްތެރި ރައީސް. އެހެންނަމަވެސް ލިބެންޖެހޭ އިންޝުއަރެންސްތަކާއި މިކަންތައްތަކަކީ މެމްބަރުކަމުން ވަކިވުމަށްފަހު ލިބެންޖެހޭނެ އެއްޗެއް ކަމަށް އަޅުގަނޑު ގަބޫލުނުކުރާ ވާހަކަ މިދަންނަވަނީ.” ސުޖާއު މިއަދު ވިދާޅުވިއެވެ.
ސުޖާއު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންޝުއަރެންސްގެ ގޮތުގައި ލިބޭ އިންޝުއަރެންސް ހިދުމަތަކީ އުމުރު ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންޝުއަރެންސް އޮންނަންޖެހޭނެ ގޮތް ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ.
ހަމައެއާއެކު މަޖިލީހުގެ މެންބަރުކަން އެއް ދައުރުކޮށް ވަކިވެ ދިއުމުން އުމުރުން 55 އަހަރުވުމުން އިނާޔަތް ލިބޭ ގޮތަށް އޮތް އޮތުމަކީ ދަޢުލަތަށް އޮތް ބުރައެއް ކަމަށާއި ވެރިކަންކުރެއްވި ބޭފުޅުންނާއި ފަނޑިޔާރުކަން ކުރައްވާ ބޭފުޅުންގެ އިނާޔަތްތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ސުޖާއު މިއަދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު