ޔޫތު މިިނިސްޓަރ މަހުލޫފް އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް
ޔޫތު މިިނިސްޓަރ މަހުލޫފް އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި އެކު އެމްޑީޕީގެ ދެތިން މެންބަރުން ސަރުކާރު ހަލާކު ކޮށްލަން މަސައްކަތް ކުރަން އުޅޭކަމަށް ކަމަށް ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ތުހުމަތުކުރައްވައިފިއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަޚުލޫފް ވިދާޅުވީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ސަރުކާރަށް ކަމެއް ނުވާ ކަމަށް ދައްކަން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް މަސައްކަތް ކުރައްވާ ކަމަށެވެ. ރައީސް ސޯލިހްގެ ސަރުކާރަކީ ވަރަށް ގިނަ ބަޔެއްގެ މަސައްކަތުން ވަރަށް ބޮޑު ގުރުބާނީ އެއް ވެގެން ގެނައި ސަރުކާރެެއް ކަމަށާއި، ސަރުކާރު "ހަލާކޮށްލަން" މަސައްކަތް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"އަލީ އާޒިމް އަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ތާއިދު ވެސް ނޯއްނާނެ، އަޅުގަނޑު ގާތުގައި ޕީޖީ ގުރޫޕްގެ މެމްބަރުން ވިދާޅުވޭ އަލީ އާޒިމް އަކީ ގަދަބާރުން މުއްދަތު ހަމަވީމަވެސް އެތާ ހުރި މީހެއް ކަމަށް. ދެން އެތާގައި އާޒިމް ހުންނަވައިގެން މުޅި އެމްޑީޕީ ހަލާކުވާގޮތަށް، ވަރުގަދަކޮށް އޮތް ސަރުކާރެއް ހަލާކޮށްލަން މަސައްކަތް ކުރުމަކީ އަޅުގަނޑަކަށް ހިއެއް ނުވޭ ރަނގަޅު ކަމެއް ހެންނެއް. އަޅުގަނޑު އެދެން އެ މަސައްކަތް ހުއްޓާލަން."މަހުލޫފް ވިދާޅުވިއެވެ.

އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން މިހާރު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެބަސްވުންތަކާއި ގުޅިގެން މަހުލޫފް ވިދާޅުވީ މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓްގެ ކަންތަކުގައި އުޅުއްވާ ތަން ފެންނަނީ ދެތިން މެމްބަރުން ކަމަށެވެ. މިހާރު ދިމާވެގެން އުޅޭ މައްސަލަ ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެބޭފުޅުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"ގަސްތުގައި ރީތިކޮށް ހިނގަ ހިނގާ އޮތް ސަރުކާރެއް ކޮވިޑާ ހެދި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބައޮތް، ރައީސަށް ސަރުކާރު ނުހިންގެނީ ކަމަށް ދައްކަން ވެގެން އާޒިމް މެން ކަހަލަ ބޭފުޅުން ކުރާ މަސައްކަތް ހުއްޓާލައިފައި ސަރުކާރަށް އެހީތެރިކަމާއި އެއްބާރުލުން ދިނިއްޔާ ރަނގަޅުވާނެ. މިއީ ދުރު ބައެއް ނޫން، އަޅުގަނޑާއި އަލީ އާޒިމާއި ދެމީހުން އެއްގޮޅީގައި އޮތިން." މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ އަލީ އާޒިމް ދެކެ ބިރުން ކުޅިވަރު ހަލާކު ކޮށްލަން ބައިވެރިވާ މީހަކަށް ދުވަހަކު ވެސް ނުވާނެ ކަމަށެވެ. މަގާމުން ވަކިކޮށްފާނެތީ ބިރު ނުގަންނަ ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން