ޕީ.އެން.ސީ.ގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
ޕީ.އެން.ސީ.ގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
20 ވަނަ މަޖިލީހުން މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރާނެ ކަމަށް ވެރިކަންކުރާ ޕީ.އެން.ސީ.ގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާޙް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު މަޖިލީހުގެ މެންބަރުންގެ ހިޔާލު ހޯދުމަށް މަޖިލީހަށް ހުށައަޅާފައިވާ ޤަރާރުގެ ބަހުސްގައެވެ.

މެންބަރު ފަލާޙް މިއަދު ވިދާޅުވީ ވިހިވަނަ މަޖިލީހަކީ ފޮނި ވާހަކަތަކެއް ދައްކާނެ މަޖިލީހެއް ނޫން ކަމަށާއި މި މަޖިލީހުގައި ޕީ.އެން.ސީ.ގެ މެންބަރުން ކުރާނީ ޤައުމަށް އިޚްލާސްތެރި ތެދުވެރި މަސައްކަތް ކަމަށެވެ.

އެގޮތުން މިއަދު ހުށައަޅާފައިވާ ޤަރާރަށް އިޝާރާތް ކުރަށްވަމުން ފަލާޙް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމަކީ އެމް.ޑީ.ޕީ.ގެ އެޖެންޑާ 19 ގައި ހިމަނާފައިއޮތް ކަމެއް ކަމަށާއި ނަމަވެސް 19 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެމެ އެމް.ޑީ.ޕީ އަށް އެމަސައްކަތް ކުރަން ނުކެރުނު ކަމަށެވެ.

"ގަރާރެއް ހުށަހަލާފައި މަޖިލީހުގައި ފޮނި ވާހަކަތަކެއް ދައްކާފައި ގައުމަށް ފައިދާ ނެތް ގޮތެއްގައި އެކަމެއް ދޫކޮށް ނުލާނަން، 20 ވަނަ މަޖިލީހުން މެންބަރުންގެ އަދަދު ކުޑަކުރާނަން" މެންބަރު ފަލާހް މިއަދު ވިދާޅުވިއެވެ.

ފަލާޙް މިއަދު ވިދާޅުވީ އެމް.ޑީ.ޕީގެ މަޖިލީހުން ދަޢުލަތަށް ބުރަ ބޮޑުކޮށްފައިވާ ކަމަށާއި އެގޮތުން ކައުންސިލަރުންގެ ޢަދަދަށްވެސް ހަސަތޭކަ ކައުންސިލަރުން އިތުރުކުރި ކަމަށެވެ.

އޭގެ އިތުރުން އެޖެންޑާ 19 ގައި ކުޅުނީ ހުސް ޑްރާމާ ކަމަށް ވިދާޅުވެ ފަލާޙް މިއަދު ވަނީ އެމް.ޑީ.ޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން