ރާއްޖެއިން މިއަދު އިތުރު 143 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ 35 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ 87 ދިވެހިންނާއި ބަނގްލަދޭޝްގެ 40 މީހަކާއި އިންޑިއާ 10 މީހުންނާއި ނޭޕާލްގެ 3 މީހުންނާއި ސްރީލަންކާ 2 މީހުންނާއި މިސްރުގެ މީހެއް ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
މިއަދު ބަލިޖެހުނު 143 މީހުންނާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5336 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 35 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2884 އަށް އަރާފައެވެ.
މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2461 ގައެވެ. ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި މިހާތަނަށް 91903 ސާމްޕަލް ވަނީ ނަގާފައެވެ.
މިވަގުތު އައިސޮލޭޝަންގައި ތިބީ 1507 މީހުންނެވެ. ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 150 އަށް އަރާފައެވެ. އެޗްޕީއޭއިން ބުނީ 9 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 6 ފަތުރުވެރިންނާއި 11 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ.
މިއަދު ބައްޔަށް ޕޮޒިޓިވްވި 140 މީހުންވެސް ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. މިވަގުތު ކޮވިޑް ކޭސް ތަކެއް ފެނުމާއި ގުޅިގެން 12 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ރާއްޖެ އިން ކޯވިޑް-19 ޖެހިގެން 21 މީހަކު ވަނީ މިހާތަަނަށް ނިޔާވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު