އެމް.ޑީ.ޕީ.ގެ ވިސްނުމަކީ ޤައުމުން ބައެއް ވިއްކާލައިގެން ފައިސާ ހޯދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ ފިސްކަލް ޒިންމާގެ ބިލްގެ ބަހުސްގައި ސަލީމް މިއަދު ވިދާޅުވީ، އެމް.ޑީ.ޕީ. އިން ވިސްނާފައިވަނީ މިދިޔަ ރިޔާސީ އިންތިޚާބު އެޕާޓީއަށް ކާމިޔާބުވީނަމަ ޤައުމުން ބައެއް ވިއްކާލައިގެން ޤައުމު ހިންގަން ބޭނުންވާ ފައިސާ ހޯދުން ކަމަށެވެ.
އެމް.ޑީ.ޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ މި ސަރުކާރުން ކިތަންމެ ރަނގަޅު މަޤްސަދެއްގައި ދަޢުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ވުޖޫދު ކުރި ނަމަވެސް، ދެން އަންނަ ސަރުކާރެއްގައި މި ޤާނޫނު އެއްކޮށް ސަސްޕެންޑް ކުރާނެ ކަމަށެވެ. އަދި އެކަން އެމް.ޑީ.ޕީ. ގެ 5 އަހަރު ފެނިފައިވާ ކަމަށާއި، 5 އަހަރު ނިންމާލީ ފައިސާ ޗާޕްކުރުމުގައި ކަމަށް ސަލީމް ވިދާޅުވިއެވެ.
ޤާނޫނަކީ ސިމްޕަލް މެޖޯރިޓީން ބަދަލު ކުރެވޭ އެއްޗެއްކަން ފާހަގަ ކުރަށްވަމުން ސަލީމް ވިދާޅުވީ، އެންމެ ބުއްދިވެރި ގޮތަކީ މި ޤާނޫނުގެ މަފްޙޫމް ޤާނޫނު އަސާސީގައި ލިޔުން ކަމަށާއި އަދި އެކަމަށް ބަދަލު ގެނެވޭނީ މުޅި މަޖިލީހުގެ އިއްތިފާޤުން ކަމަށް ކަނޑައެޅުން ކަމަށެވެ. އެހެން ނޫނީ މިއީ ފެންހިފޭ މަސައްކަތަކަށް ނުވާނެ ކަމަށް ސަލީމް ވިދާޅުވެފައިވެއެވެ.
"އެމީހުން ވެރިކަމަށް އައިނަމަ ވިސްނައިގެން ތިބީ ޤައުމުން ބައެއް ވިއްކާލާފައި ދަރަނި ނަގައިގެން އެކަން ފޫބައްދަން.. އަނެއް ވިސްނުމަކީ އެހެންބަޔަކު ވެރިކަމަށް އަތުވެއްޖެއްޔާ ހަމަސް ދުވަހުގެ ތެރޭގައި ޤައުމު ހިންގިޔަނުދީ ޤައުމު ބަނގުރޫޓު ކޮށްލުން." ސަލީމް މިއަދު ވިދާޅުވިއެވެ.
ސަލީމް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަން ކަށަވަރުކޮށް ދެފުށްފެންނަ މާލީ ނިޒާމެއް ޤާއިމު ކުރުމަށްޓަކައި ސަރުކާރުން ވަނީ މުހިންމު ބިލްތަކެއް މަޖިލީހަށް ހުށައަޅާފައެވެ.
އެގޮތުން ދަޢުލަތުގެ ދަރަންޏާ ބެހޭ ބިލާއި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލްގެ ބަހުސް މަޖިލީހުގައި މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު