ދަޢުލަތުގެ ދަރަންޏާ ބެހޭ ބިލަށް އިސްލާޙު ގެނެވޭނީ މަޖިލީހުގެ އިއްތިފާގުން ކަމަށް ކަނޑައަޅަންޖެހޭ ކަމަށް ވެރިކަންކުރާ ޕީ.އެން.ސީ.ގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ ދަރަންޏާ ބެހޭ ބިލްގެ ބަހުސްގައި ފަލާޙް މިއަދު ވިދާޅުވީ، އެފަދަ ބިލެއް ސަރުކާރުން ހުށައަޅާފައިވަނީ، ޤައުމުގެ އިޤްތިޞާދު ކުރިއަށް އޮތްތަނުގައި ރަނގަޅުކުރުމަށް ޤާނޫނީ އޮނިގަނޑެއް ބޭނުންވާތީ ކަމަށެވެ. ނަމަވެސް މިހާރު އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށް ބާރެއް ލިބޭއިރަށް މި ޤާނޫނުތައް ވަރަށް ފަސޭހައިން ބަދަލުކޮށްލާ މަންޒަރު ފެންނަ ކަމަށް ފަލާޙް ވިދާޅުވިއެވެ.
އެހެންކަމުން މިފަދަ ޤާނޫނުތައް ފާސްކުރަންޖެހޭނީ މުޅި މަޖިލީހުގެ އިއްތިފާޤުން ނޫނީ ޤާނޫނަށް އިސްލާޙު ނުގެނެވޭ ގޮތަށް ކަމަށް ފަލާޙް ވިދާޅުވިއެވެ.
"އެބަޖެހޭ މިއެއްޗެހި ތަޅު އަޅުވަން. އެމް.ޑީ.ޕީ.ގެ ކިބައިން ޤައުމު ސަލާމަތް ކުރަންޖެހޭ." ފަލާހް މިއަދު ވިދާޅުވިއެވެ.
އެމް.ޑީ.ޕީ އަށް ފާޑު ވިދާޅުވަމުން ފަލާޙް މިއަދު ވިދާޅުވީ މިސަރުކާރުން ވެރިކަމާ ޙަވާލުވީއިރު 250 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ އޮތްކަމަށާއި، ނަމަވެސް މިހާރު މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ މަސްވެރިންނަށް 832 މިލިއަން ރުފިޔާ ދީފި." މަސްވެރިންނަށް ފައިސާދީ ޚަލާސްކޮށްފައިވާކަން ފާހަގަ ކުރަށްވަމުން ފަލާޙް ވިދާޅުވިއެވެ.
ފަލާޙް އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން ދަޢުލަތުގެ ދަރަނި އަދާކުރަންވެސް ނަގާފައިވަނީ ލޯނުކަމަށާއި ހަމައެކަނި ކުރަން އެނގުނު ކަމަކީ ފައިސާ ޗާޕްކުރުން ކަމަށެވެ. އެހެންކަމުން ދަޢުލަތުގެ ދަރަންޏާ ބެހޭ ބިލާއި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް ކޮންމެހެންހެން ފާސްކުރަންޖެހޭ ކަމަށް ފަލާޙް މިއަދު ވިދާޅުވިއެވެ.
ހަމައެއާއެކު އެމް.ޑީ.ޕީ ގެ ވެރިން ޤައުމަށްވީ ޚިޔާނާތް ވަރަށް ތަފްސީލުކޮށް ބަލަންޖެހޭ ކަމަށް ވިދާޅުވެ ފަލާޙް މިއަދު ވަނީ އެމް.ޑީ.ޕީ މެންބަރުންނަށް ރައްދު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު