މީގެ ކުރިން ހިނގި އެކްސިޑެންޓެއްގެ ތެރެއިން--
މީގެ ކުރިން ހިނގި އެކްސިޑެންޓެއްގެ ތެރެއިން--
ހުޅުމާލޭގައި މިއަދު ހެނދުނު ނުރައްކާތެރި ދެ އެކްސިޑެންޓް ހިނގައިފި އެވެ.

ސައިކަލަކާއި ކާރެއް ޖެހިގެން މިއަދު ފުރަތަމަ އެކްސިޑެންޓް ހިނގީ ފޭސް ދޭއްގަ އެވެ.

އެ ހާދިސާގައި 19 އަހަރުގެ ޒުވާން ފިރިހެނަކަށް އަނިޔާވި އިރު އޭނާއަށް ފަރުވާ ދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލުގައި އައިސީޔޫގަ އެވެ. އޭނާގެ އަތުގައި ލައިސަންސްވެސް ނެތް ކަމަށް ފުލުހުން ބުނެއެވެ.

ދެވަނަ އެކްސިޑެންޓްވެސް ހިނގާފައި ވަނީ ފޭސް ދޭއްގަ އެވެ. އެއީ ދެ ސައިކަލު ޖެހިގެން ނެވެ.

މި އެކްސިޑެންޓްގައި ހިމެނެނީ 21 އަހަރުގެ ފިރިހެނަކާއި 33 އަަހަރުގެ އަންހެނެކެވެ. އެ ދެ މީހުންނަށް ވެސް ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން