ވެމްކޯގެ މުވައްޒަފުން ކުނިއުކުުމުގައި؛ މާލެ ސަރަހައްދުގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތާލާނެ ނިޒާމަކަށް ވަނީ ބޭނުންވެފައި
ވެމްކޯގެ މުވައްޒަފުން ކުނިއުކުުމުގައި؛ މާލެ ސަރަހައްދުގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތާލާނެ ނިޒާމަކަށް ވަނީ ބޭނުންވެފައި
ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ހިންގަން އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީން) އިން ރާއްޖެއަށް 73 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ގެ ލުއި ލޯނެއް ދޭން ނިންމައިިފިއެވެ.

އޭޑީބީ އިން ބުނީ މި މަޝްރޫއުގެ ދަށުން ދުވާލެއްގެ މައްޗަށް 500 މެޓްރިކް ޓަނުގެ ކުނި ޕްރޮސެސްކޮށް އެ ކުނިން ހަކަތަ އުފައްފާ ޕްލާންޓެއް ގާއިމް ކުރާނެ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް ދުވާލަކު 250 ޓަނުގެ ކުނި ޓްރީޓްކޮށް އަށް މެގަވޮޓް ކަރަންޓް އުފެއްދޭ ވަރުގެ ވަސީލަތެއް މިމަޝްރޫޢުން ގާއިމް ކުރާނެ ކަމަށް އޭޑީބީ އިން ބުނެ އެވެ.

މި މަޝްރޫއުގައި ވައި ނުސާފުވުން ކޮންޓްރޯލް ކުރެވޭ ނިޒާމަކާއި ބާކީ ހުންނަ ކުނި ރައްކާތެރި ކަމާއެކު ނައްތާލުމަށް ހާއްސަ ކުނިކޮއްޓެއް ވެސް ހަދާގޮތަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއު ހިންގަން އޭޑީބީ އިން ނިންމާފައި ވަނީ އަމިއްލަ ފަރާތްތަކާ ހަވާލު ކޮށްގެނެވެ. އެ ފަރާތުން 15 އަހަރަށް މި ތަން ބަލަހައްޓައި ދޭންވެސް ވަނީ ނިންމާފައެވެ.

އޭޑީބީ އިން ވަނީ މި މަޝްރޫއުގެ ދަށުން އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އީޕީއޭގެ ފަންނީ ގާބިލްކަން އިތުރުކޮށް އާއްމުންގެ މެދުގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހޭލުންތެރި ކުރުވަން ހޭދަ ކުރުމަށް ވެސް ނިންމާފަ އެވެ. މީގެ އިތުރުން އީޕީއޭ އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ފަންނީ ގާބިލްކަން އިތުރު ކުރަން 500،000 ޑޮލަރުގެ ހިލޭ އެހީއެއް ވެސް ދޭން ވަނީ ނިއްމާފައެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން ވެސް 27.74 މިލިއަން ޑޮލަރު ހޭދަކުރަން ވަނީ ނިއްމާފައެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރަން ކުރަމުންދާ މަސައްކަތްތަކަށް އެއް މިލިއަން ޑޮލަރުގެ ހިލޭ އެހީ އެއް އޭޑީބީ އިން މީގެ ކުރިން ވެސް ވަނީ ދީފަ އެވެ. މީގެ އިތުރުން އޭޑީބީ އިން ވަނީ 50 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 770 މިލިއަން ރުފިޔާ) ވެސް ރާއްހޖެއަށް ދީފައެވެ. އޭޑީބީން ދީފައިވާ މި ފައިސާގެ ތެރެއިން 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385 މިލިއަން ރުފިޔާ) އަކީ ލޯނުގެ ގޮތުގައި ދޭ ފައިސާ އެވެ. އޭޑީބީން ދިން މި ފައިސާ ޚަރަދު ކުރަނީ ރާއްޖޭގެ ފަސް ސަރަހަދެއްގައި ހުރި ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ވަސީލަތް ހަމަޖެއްސުމާއި ދުވާލަކު 800 ޓެސްޓް ހެދޭ ވަރަށް ޓެސްޓް ކުރުމުގެ ގާބިލްކަން އިތުރު ކުރުމުގެ އިތުރުން އަންހެނުންނާއި ފިރިހެނުންނަށް ހާއްސަކޮށް އައިސޮލޭޝަން 400 އެނދު ގާއިމްކޮށް އިތުރު، 200 އައިސީޔޫ އެނދު ހޯދުމަށް ކަމަށް ސަރުކާރުން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން