އެމް.ޑީ.ޕީ ގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
އެމް.ޑީ.ޕީ ގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
ދައުލަތުގެ ހަރަދު އަތްނުފޯރާ ފަށަށް ދިޔައީ ސިޔާސީ މަގާމްތަކުގެ އަދަދު އިތުރުވުމުން ކަމަށް އެމް.ޑީ.ޕީ ގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ އަދަދު ހާމަކުރުމަށް އެމް.ޑީ.ޕީ އިން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައެޅި ކުއްލި މައްސަލަ ބަލައިނުގަނެ މަޖިލީހުން ތަޅުމުން ބޭރުކޮށްލުމާ ގުޅިގެންނެވެ.

އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމާ ގުޅިގެން ފައްޔާޒް ވިދާޅުވީ، މައްސަލަ ބޭރުކޮށްލީ ރިޔާސީ އިންތިހާބުގައިވީ ވައުދާ ހިލާފަށް، ސިޔާސީ މަގާމްތަކުގެ އަދަދު އިތުރުވެ ދައުލަތުގެ ހަރަދު ނުތަކާ ވަރަށް ދިއުމުން ކަމަށެވެ. އަދި މި ސަރުކާރުން ވަނީ ރައްޔިތުންނަށް ހާމަނުކުރާނެ އެއްވެސްކަމެއް ނޯންނާނެ ކަމަށް ވަޢުދު ވެފައި ކަމަށް ފައްޔާޒް މިއަދު ވިދާޅުވިއެވެ.

އޭގެ އިތުރުން މިސަރުކާރަށް އިޤްތިޞާދު މެނޭޖްކުރަން ނޭންގޭ ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

"ގައުމުގެ އިގްތިސާދު މިދާ މިސްރާބަކީ އިގްތިސާދު މެނޭޖުކުރަން މިސަރުކާރަށް ނޭނގި ރައްޔިތުންނަށް ކަންކަން އޮޅުވާލާ ދޮގުހެދުމުގެ ސަބަބުން ކުރިމަތިވާ ކަމެއް." ސަރުކާރަށް ފާޑު ވިދާޅުވަމުން ފައްޔާޒް ވިދާޅުވިއެވެ.



ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު ސަރުކާރުގެ ސިޔާސީ މަަގާމުތަކުގެ ރަސްމީ އަދަދު ސާފުކޮށްދިނުމަށް ވެރިކަންކުރާ ޕީ.އެން.ސީ ގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިނިސްޓްރީ އޮފް ފިނޭންސްގައި އެދެމުން އެމައުލޫމާތު އެކޮމިޓީއަށް ވެސް ފޯރުކޮށްދީފައި ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން