ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ދަށްކުރުމަށް ވެރިކަންކުރާ ޕީ.އެން.ސީ. އިން ހުށަހެޅި ގަރާރު ބަލައިގަނެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަދި ޕީ.އެން.ސީ. ގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއުއެވެ.
މި ގަރާރުގެ ބަހުސް މަޖިލީހުގައި ދެ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު މެންބަރުންވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާގޮތަށް ތާޢީދު އޮތްކަމަށް ވިދާޅުވެފައެވެ.
މިއަދު އެ ގަރާރު ބަލައިގަތީ ވޯޓުގައި ބައިވެރިވި 78 މެންބަރުންގެ އިއްތިފާގުންނެވެ.
އެހެންކަމުން ރިޔާސަތުން ވަނީ އެ ގަރާރު އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.
ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރަންވާނެ ކަމަށެވެ.
އަދި، އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5،000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަންވާނެ ކަމަށެވެ. އެގޮތުން މިހާރުގެ މަޖިލީހުގައި 93 މެންބަރުން އެބަތިއްބެވިއެވެ.

ކިޔުންތެރިންގެ ހިޔާލު